އީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރިއަށް އޮތް ފަސް އަހަރުގެ ދައުރަށް ވެރިކަމަށް އިންތިހާބުކުރި، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވަމުން އެބަގެންދަވަ އެވެ.
އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބު ބޮޑު ތަފާތަކުން ރައީސް ޞާލިޙްގެ މައްޗަށް ޑރ.މުޙައްމަދު މުޢިއްޒު ވަނީ ކުރި ހޯއްދަވާފައެވެ. މިއާއެކު އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން ދެން ކުރިއަށް ގެންދަވާނީ ސަރުކާރު ބަދަލުވުމުގެ ކުރިން ކުރިއަށްދާ އިންތިޤާލީ މަރުހަލާގެ މަސައްކަތްތަކެވެ. އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހު ރޭ ރައްޔިތުންނާ މުޚާޠަބުކުރައްވާ އިންތިޚާބީ ރައީސް ވަނީ ސަރުކާރު ބަދަލުވުމުގެ މި މުއްދަތުގެ ތެރޭގައި ޤާނޫނުގައި ބަޔާކުރާ ކަންކަން ފުރިހަމަކުރައްވަމުން ގެންދަވާނެކަމަށެވެ.
އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބު ޑރ.މުޢިއްޒު ކާމިޔާބުކުރެއްވީ 54 އިންސައްތަ ހޯއްދަވައިގެންނެވެ. ރައީސް ޞާލިޙަށް ލިބިވަޑައިގެންނެވީ 46 އިންސައްތައެވެ.