މުޢިއްޒަށް ފުރުޞަތު ލިބެންޖެހޭ، ބަރުލަމާނީއަށް “ނޯ”: ފައްޔާޒް

ފަހުގެ ސިޔާސީ

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޑރ. މުހައްމަދު މުއިއްޒު ރައީސަކަށް ހޮވަން ރައްޔިތުން ނިންމީ ފަސް އަހަރުގެ ދައުރަކަށް ކަަމަށާއި އެ ނިންމުން ބޮލާލައި ޖަހައި، ބަރުލަމާނީ ނިޒާމް ގެންނަން ތާއީދު ނުކުރައްވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕްގައި ފައްޔާޒް މިހެން ވިދާޅުވީ އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމަށް އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވުމުން މެމްބަރުން ފާޅުކުރެއްވި ހިޔާލުތަކަށް ތާއީދު ކުރައްވަމުންނެވެ. ބައެއް މެމްބަރުން ވިދާޅުވީ އެމްޑީޕީން ވަކިވެ ޑިމޮކްރެޓްސް އުފެއްދެވި ނަޝީދު އަލުން އެމްޑީޕީއާ ގުޅެން ބޭނުން ނުވާ ކަަމަށާއި “ބަރުލަމާނީއަށް ނޯ” ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

“މުސްތަގުބަލުގައި ރައްޔިތުންނަށް ވެރިއަކު އިހްތިޔާރުކުރުމުގެ މިނިވަންކަން ލިބުން ކަށަވަރު ކުރަން ކުރަން ޖެހޭ މަސައްކަތް ކުރުން،” ފައްޔާޒް ވިދާޅުވި އެވެ.

ގާނޫނުއަސާސީ އެކުލަވާލިއިރު ރައްޖޭގައި ބާއްވާނެ ނިޒާމެއް ކަނޑައަޅަން ނެގި ވޯޓުގައި ރައްޔިތުން އިޚްތިޔާރުކުރީ ރިޔާސީ ނިޒާމެވެ. އޮގަސްޓް، 18، 2007 ގައި ނެގި އެ ވޯޓުގައި ބައިވެރިވި 149،380 މީހުންގެ ތެރެއިން 62 ޕަސެންޓް މީހުން ތާއީދުކުރީ ރިޔާސީ ނިޒާމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ