މާލޭ މަގުތަކުގައި ހަރުކޮށްފައިވާ ކެމްޕޭން ބެނާތަކާއި ދިދަތައް ނެގުމުގެ މަސައްކަތް ފަށައިފި

ޚަބަރު ފަހުގެ

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މާލޭގެ މަގުތަކުގައި ހަރުކޮށްފައިވާ ކެމްޕޭން ބެނާތަކާއި ދިދަތައް ނެގުމުގެ މަސައްކަތް ފަށައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ މާލޭގެ އެކި މަގުތަކުގައި ދަމާފައިވާ ކެމްޕޭން ދިދަތައް ނަގަން ފަށާފައިވާ ކަމަށެވެ. ރިޔާސީ އިންތިހާބުގެ ކެމްޕޭން ކުރުމުގެގޮތުން މާލޭގެ ގިނަ މަގުތަކާއި ގޯޅިތަކުގައި، އެކި ޕާޓީތަކުން ވަނީ ދިދަތަކާއި ޕޯސްޓަރުތައް ހަރުކޮށްފައެވެ.

އިޝްތިހާރު
އިޝްތިހާރު

މާލޭގެ އިތުރުން އަތޮޅުތެރޭގެ ގިނަ ރަށްރަށުގެ މަގުތަކުންވެސް ކެމްޕޭން މެޓީރިއަލްތައް ނެގުމުގެ މަސައްކަތް އެރަށްރަށުގައި އަންނަނީ ކުރަމުންނެވެ.

ރިޔާސީ އިންތިހާބު ކާމިޔާބުކުރެވީ އިދިކޮޅު ޕީޕީއެމް/ޕީއެންސީން މި އިންތިހާބުގައި ވާދަކުރެއްވި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއެވެ. އެމަނިކުފާނު މި އިންތިހާބު ކާމިޔާބުކުރެއްވީ 54 ޕަސެންޓް ވޯޓު ހޯއްދަވައިގެންނެވެ. މި އިންތިހާބުން ރައީސް ސޯލިހުއަށް ނާކާޔާބުވެވަަޑައިގަތީ 46 ޕަސެންޓް ވޯޓާއެކުގައެވެ.

ވެރިކަން ބަދަލުކުރުމުގެ މަސައްކަތް ފެށުމަށް ގާނޫނީގޮތުން އުފައްދަންޖެހޭ އިންތިގާލީ ކޮމެޓީ އުފައްދައި، ވެރިކަން ބަދަލުކުރުމުގެ މަސައްކަތް މިހާރު ވަނީފެށިފައެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމުގެ ހުވާކުރައްވާނީ ނޮވެމްބަރު 17ވަނަ ދުވަހުގައެވެ. އެކަމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަކަމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ބުނެފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ