ދަ ޑިމޮކްރެޓްސްއާއެކު އެއްވެސް ކަމަކަށް އެއްބަސްވެފައި ނޯންނާނެ – އެމްޑީޕީ

ފަހުގެ ސިޔާސީ

މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ދަ ޑިމޮކްރެޓްސްއާއެކު އެއްވެސް ކަމަކަށް އެއްބަސްވެފައި ނޯންނާނެކަމަށް އެޕާޓީން ބުނެފިއެވެ.

އެ ޕާޓީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ޑިމޮކްރެޓްސް އިން އެޕާޓީއަށް ހުށަހަޅާފައިވަނީ ސެޕްޓެންބަރު 30 ގެ ކުރިން ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެއްބަސްވާނަމަ، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓަށް ޑިމޮކްރދޓްސްގެ ފަރާތުން ތާއީދުކުރުމަށެވެ. ނަމަވެސް މި ހުށަހެޅުން އެމްޑީޕީން ޤަބޫލުކުރެވެން ނެތްކަމަށް ޑިމޮކްރަޓްސްއަށް އަންގާފައި ވާނެކަމަށްވެސް ޕޯސްޓުގައި ބުނެފައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

އަދި މީގެ އިތުރުން އެއްވެސް ކަމަކަށް އެމްޑީޕީ އަދި ޑިމޮކްރެޓްސްއާ ދެމެދުގައި އެއްބަސްވުމެއް ވެވިފައި ނޯންނާނެކަމަށް ވެސް ބުނެފައިވެއެވެ.

މީގެ އިތުރުން އެޕާޓީން ވަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރުމަށް ޑިމޮކްރެޓްސްއިން ނިންމި ނިންމުމަކީ  އެއްވެސް އެއްބަސްވުމެއްގެ ދަށުން ނިންމާފައިވާ ނިންމުމެއް ނޫންކަމަށްވެސް ބުނެފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ