މިމަހު ނިޒާމީ ވޯޓެއް ނެގުމުގެ ފުރުސަތެއް ނެތް: އީސީ

ފަހުގެ ޚަބަރު

ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމެއް ކަނޑައެޅުމަށް ބާއްވަން ޖެހޭ އިންތިހާބު މި މަހު ނެގުމުގެ ފުރުސަތެއް މިހާރު ނެތް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިއަދު ވިދާޅުވެއްޖެއެވެ.

ހަބީބް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައިވާ ގޮތުން، އިންތިހާބެއް ބޭއްވުމަށްޓަކައި މަދުވެގެން 45 ދުވަސް ބޭނުންވާ ކަމަށާއި މިމަހު ނިޒާމީ ވޯޓެއް ނެގެން ނެތް ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މީގެ އިތުރުން ހަބީބް ވިދާޅުވީ، ދިވެހިރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާ ގުޅޭގޮތުން، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ނެގުމަށް،ރައްޔިތުންގެ މަޖިލީހުން ގަރާރެއް ފާސްކުރައްވައި، އިލެކްޝަންސް ކޮމިޝަނަށް ފޮނުއްވި ވަގުތަކީ ރިޔާސީ އިންތިހާބު ބޭއްވުމަށް މަސައްކަތް ކުރަމުން ދިޔަވަގުތެއް ކަމަށްވުމުން މި މަހުގެ 30 ގެ ކުރިން ނިޒާމީ ވޯޓެއް ނެގިދާނެ ކަމަށް އީސީން ދެންނެވިފައިވީ ނަމަވެސް އެކަމާމެދު އަދި އެ ކޮމިޝަނުން ގޮތެއްނިންމާފައި ނުވާކަމަށެވެ

މީގެ އިތުރުން މި ވޯޓަކީ ރައްޔިތުންނާ ސީދާ ގުޅުންހުރި ކަމަކަށްވެފައި، މިކަމާ ގުޅޭ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށް ދިނުމަކާ ނުލައި، މިފަދަ ވޯޓަކަށް ދިޔުމަކީ ކުރެވިދާނެ ކަމެއް ކަމަކަށް ގަބޫލު ނުކުރެވޭ ކަމަށް ހަބީބް ވަނީ ވިދާޅުވެފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ