ތާއީދުކުރައްވަނީ ރިޔާސީ ނިޒާމަށްކަމަށް ރައީސް ސޯލިހު ވިދާޅުވެއްޖެ

ފަހުގެ ސިޔާސީ

ތާއީދުކުރައްވަނީ ރިޔާސީ ނިޒާމަށްކަމަށް އެމްޑީޕީގެ އެންމެ އިސްލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިހާރު ކުރިޔަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި މަޖިލީހަށް ހުށަހަޅާފައިވާ ނިޒާމުގެ ވޯޓާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމުގައިވެސް ރަނގަޅު ކަންތައްތަކާއި ގޯސްކަންތައްތަކެއް އެބަހުރިކަމަށެވެ. ނަމަވެސް ރާއްޖެއަށް އެންމެ ރަނގަޅު ނިޒާމަކީ ރިޔާސީ ނިޒާމުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

އަޅުގަނޑުގެ ތާއީދުވެސް އޮތީ ރިޔާސީ ނިޒާމާއެކު. ނިޒާމީ ވޯޓަކަށް ގޮސްފިކަމަށްވާނަމަ ރިޔާސީ ނިޒާމު ރާއްޖޭގައި ބޭއްވުމަށްޓަކައި ކުރަންޖެހޭ މަސައްކަތް އަޅުގަނޑު އަމަލީގޮތުން ކުރާނެ ވާހަކަވެސް ދަންނަވަން.” ރައީސް ސޯލިހު ވިދާޅުވިއެވެ.

ގައުމީ މަޖިލީހުގައި ވާހަކަދައްކަވަމުން ގެންދަވާ އެމްޑީޕީގެ އެހެން މެމްބަރުންވެސް ގެންދަވަނީ ރިޔާސީ ނިޒާމަށް ތާއީދުކުރައްވާ ވާހަކަދައްކަވަމުންނެވެ. އަދިއެމްޑީޕީ ދެން އޮންނާނީ ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ކަމަށް އެމްޑީޕީގެ މެމްބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ