ހަނިމާދޫގައި ހާއްސަ އެހީއަށް ބޭނުން ވާ ދޮށީ އުމުރުގެ މީހަކަށް ހަމަލާދީ ޒަހަމު ކޮށްލައިފި!

ހަނިމާދޫ ޚަބަރު ޢާޖިލް ފަހުގެ

ހަނިމާދޫގައި ހާއްސަ އެހީއަށް ބޭނުން ވާ ދޮށީ އުމުރުގެ މީހަކަށް ހަމަލާދީ ޒަހަމު ކޮށްލައިފިއެވެ.

މައުލޫމާތު ލިބިފައިވާގޮތުން މިރޭ ބާރަ ޖަހަން ކައިރިވެފައި ހުއްޓައި އެ މީހާއަށް ހަމަލާދީފައިވަނީ މަސްތުވާތަކެތި ބޭނުން ކުރާކަމުގެ ތުހުމަތު ކުރެވޭ ޒުވާނެކެވެ.

އިޝްތިހާރު
އިޝްތިހާރު

މި ހާދިސާގައި ދޮށީ އުމުރުގެ މީހާއަށް ވަރަށް ބޮޑެތި ޒަހަމްތަކެއް ލިބިފައި ވާކަމަށް ހަނިމާދޫ ކައުންސިލްގެ ނައިބުރައީސް ވަނީ މިނޫހަށް ކަށަވަރު ކޮށްދެއްވާފައެވެ. އަދި އަނިޔާ ލިބުނު ދޮށީ އުމުރުގެ މީހާއަށް މިވަގުތު ހަނިމާދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން ދާކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.

މީގެ އިތުރު މި މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތް، ފުލުހުންނާއި ހަވާލު ކޮށްފައިވާ ކަމަށްވެސް ކައުންސިލްގެ ނައިބުރައީސް މައުލޫމާތު ދެއްވާފައިވެއެވެ.

މިކަމުގައި އަދި ފުލުހުންގެ ފަރާތުން އެއްވެސް މައުލޫމާތެެއް ލިބިފައެއް ނުވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ