އިންތިހާބީ ރައީސް ޑރ.މުއިއްޒު، ޗައިނާގެ ސަފީރާ ބައްދަލުކުރައްވައިފި

ޚަބަރު ފަހުގެ

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ޗައިނާ އިން ރާއްޖެ ކަނޑައަޅާފައިވާ ސަފީރު ވޭންގް ލިޒިންއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

އެ މަނިކުފާނުގެ ގެކޮޅު، މ. ދިމްޔާތުގައި ހިންގާ އިންތިހާބީ ރައީސްގެ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި މުއިއްޒުގެ އިތުރުން އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޕީޕީއެމުންއެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެ ދެ ބޭފުޅުން ޗައިނާގެ ސަފީރާ ބައްދަލުކުރައްވައި ދެ ގައުމު ދެމެދުގައިވާ ރަހުމަތްތެރިކަމުގެ ގުޅުންއިތުރަށް ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރެއްވި ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުން މުއިއްޒު ހޯއްދެވި ކާމިޔާބީ އަށް ޗައިނާގެ ރައީސް ޝީ ޖިންޕިން ވެސް ވަނީ މަރުހަބާ ވިދާޅުވެފައެވެ.

ސަފީރު މެދުވެރިކުރައްވައިއެކްސްގައި ކުރެއްވި ޕޯސްޓުގައި ޝީ ވިދާޅުވީ އިހުލާސްތެރިކަމާ އެކު ދެ ގައުމުން އެއް ގައުމު އަނެއް ގައުމަށް އިތުބާރުކުރުމާއި އެހީތެރިކަން ފޯރުކޮށްދިނުމަށް އަދި ތަރައްގީގައި ބައިވެރިވުން އޮންނާނެ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ