ރިޔާސީ އިންތިޚާބު 2023ގެ ރަސްމީ ނަތީޖާ އިއުލާންކޮށްފި

ޚަބަރު ފަހުގެ

ރިޔާސީ އިންތިޚާބު 2023ގެ ރަސްމީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފިއެވެ.

އިންތިޚާބުގެ ދެވަނަ ބުރުގެ ރަސްމީ ނަތީޖާ ދައްކާގޮތުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް ލިބިވަޑައިގެންނެވީ 109،868 ވޯޓެވެ. އަދި ޕީޕީއެމްޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒުއަށް ލިބިވަޑައިގެންނެވީ 129،159 ވޯޓެވެ.

އިޝްތިހާރު
އިޝްތިހާރު

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވަނީ 282،804 މީހުންނަށެވެ. އަދި ވޯޓުލާފައި ވަނީ 246،915 މީހުންނެވެ. މީގެތެރެއިން 239،027 ސައްޚަ ވޯޓު ހިމެނޭއިރު، 7،888 ވޯޓު ވަނީ ބާތިލުވެފައެވެ. ރާއްޖޭގެ ނިސްބަތުން 87.31 އިންސައްތަ މީހުން ވަނީ ވޯޓުލާފައެވެ.

ރިޔާސީ އިންތިޚާބު 2023ގެ ރަސްމީ ނަތީޖާ އިއުލާންކުރުމަށް އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ އިންތިޚާބު ބާއްވާތާ 60 ދުވަހުގެ ތެރޭގައި އިންތިޚާބީ އެޖެންޓާއި ކެންޑިޑޭޓް މާލީ ހިސާބު ހުށަހަޅަންޖެހޭ ކަމަށެވެ. އެހިސާބުތައް ލިބުމުން އިންޓަރނަލް އޮޑިޓަރުން ބައްލަވާ، އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމަށެވެ. އަދި ވެބްސައިޓްގައި އެ މާލީ ހިސާބުތައް އާންމުކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު، މާލެ ސިޓީގެ މޭޔަރު އަދި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ކާމިޔާބު ކުރެއްވިއިރު ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވެސް ކުރި ހޯއްދެއްވީ މުއިއްޒުއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ