ކަރަންޓު މަސައްކަތް ކުރުމުގެ ހުއްދަ އޮތަސް ދަފްތަރުގައި ނުޖެހޭނަމަ ހުއްދަ ބާތިލްކުރަނީ

ޚަބަރު ފަހުގެ

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ދިވެހި ރާއްޖޭގެ ހަކަތައިގެ ޤާނޫނު (2021/18)، ގެ 47 ވަނަ މާއްދާގެ (ހ) ގެ ދަށުން ކަރަންޓު މަސަތްކަތް ކުރުމަށް އެ އޮތޯރިޓީން ލައިސަންސް ދޫކޮށް ބަލަހައްޓަމުންދާ ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުގެ ދަފުތަރު އަޕްޑޭޓްކުރަން ބޭނުންވާ ކަމަށެވެ.

އެ އިއުލާނުގައި ބުނެފައިވާ ގޮތުމް ދަފްތަރު އަޕްޑޭޓް ކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ އެ އޮތޯރިޓީ އުފެއްދުމުގެ ކުރިން އެހެނިހެން މުއައްސަސާތަކުން ލައިސަންސް ހޯދާފައިވާ ފަރާތްތަކުގެ ތެރެއިން ކަރަންޓު މަސައްކަތްކުރުމުގެ ދާއިރާގައި މިހާރުވެސް މަސައްކަތް ކުރަމުންދާ ފަރާތްތައް ދެނެގަނެ އެފަރާތްތަކުގެ ވަނަވަރު ކަށަވަރުކޮށް އެފަރާތްތަކާއި މުއާމަލާތް ކުރެވޭނެ މައުލޫމާތު އައު ކުރުމެވެ.

އިޝްތިހާރު
އިޝްތިހާރު

އެހެންކަމުން، 15 މާރިޗު 2023 ގެ ކުރިން ކަރަންޓު މަސައްކަތް ކުރުމުގެ ހުއްދަ ހޯދާފައިވާ ފަރާތްތަކުން އެ އޮތޯރިޓީގެ ވެބްސައިޓްގައިވާ ފޯމު ފުރިހަމަކޮށް،ފޯމުގައި ހުށަހެޅުމަށް އަންގާފައިވާ ތަކެއްޗާއި އެކު އެ އޮތޯރިޓީގެ އީމެއިލް secretariat@ura.gov.mv އަށް 04 އޭޕްރިލް 2024 ވާ ބުރާސްފަތި ދުވަހުގެ14:00ގެ ކުރިން ހުށަހެޅުއްވުމަށް އިއުލާނުގައި ދަންނަވާފައިވެއެވެ.

މިގޮތުގެ މަތިން މައުލޫމާތު އައު ކުރުމަށް ދެވިފައިވާ މުއްދަތުގެ ތެރޭގައި ފޯމު ހުށަނާޅާ ފަރާތްތަކަކީ މިހާރު ދާއިރާގައި މަސައްކަތް ކުރަމުން ނުދާފަރާތްތައް ކަމަށްނިންމާ 15 މާރިޗު 2023 ގެ ކުރިން ދޫކޮށްފައިވާ އެންމެހާ ލައިސަންސްތައް ބާތިލް ކުރެވޭނެ ވާހަކަވެސް ފާހަގަކޮށްފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ