އިންތީޚާބީ ރައީސް ޑރ.މުޢިއްޒުގެ އަރިހަށް، ބަންގްލަދޭޝް ސަފީރު ޒިޔާރަތް ކުރައްވައިފި

ޚަބަރު ފަހުގެ

އިންތީޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް، ބަންގްލަދޭޝް އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި، އިންތިޚާބީ ނައިބު ރައީސްވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އިޝްތިހާރު
އިޝްތިހާރު

މި ބައްދަލުވުމުގައި، އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ދައުރުގައި، ބަންގްލަދޭޝްއާ އެކު އޮންނަ ގުޅުން މިހާރަށްވުރެ ހަރުދަނާކުރެވި، އާ ހަރުފަތަކަށް ގެންދެވުމަށް އުއްމީދުކުރައްވާކަމަށް ވަނީ ވިދާޅުވެފައެވެ.

ހަމަ އެހެންމެ ބަންގްލަދޭޝްއާ ދިވެހިރާއްޖޭއާ ދެމެދު އެކި ދާއިރާތަކުން އުފެދިފައިވާ ގާތް ގުޅުންތައް ވަނީ ފާހަގަކުރައްވާފައެވެ.

މިގޮތުން ފެށިގެންދާ އާ ދައުރުގައި އެ ގުޅުންތައް އިތުރަށް ފުޅާވެ ބަދަހިވުމަށް އެދިވަޑައި ގަންނަވާކަމަށް ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ބަންގްލަދޭޝްގެ ސަފީރުގެ ވާހަކަފުޅުގައި، ދިވެހިރާއްޖެބަންގްލަދޭޝްގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ދެ ފަރާތުން ގުޅިގެން ކުރެވެންހުރި މަސައްކަތް ތަކަށާއި ދިވެހިރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެކި ދާއިރާތަކުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ