ހަތް ކަމެއް މަޑުޖައްސާލަން އިންތިޚާބީ ރައީސް، ޑރ.މުއިއްޒު އެދިވަޑައިގެންފި

ޚަބަރު ފަހުގެ

ސަރުކާރު ބަދަލުވާ އިންތިގާލީ މުއްދަތުގައި ހަތް ކަމެއް މަޑުޖައްސާލުމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.

އިންތިޚާބީ ރައީސްގެ ފަރާތުން، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ފޮނުއްވި ސިޓީގައި ވަނީ ސަރުކާރު ބަދަލުކުރުމުގެ ކަންކަން ފަަސޭހަ ކަމާއެކުކުރިއަށް ގެންދިޔުމަށްޓަކައި، އެ ކަންކަން މަޑު ޖައްސާލުން މުހިއްމު ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެގޮތުން މަޑުޖައްސާލަން ހުށަހަޅުއްވާފައިވާ ކަންކަމަކީ؛

  • ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އިންވެސްޓުކުރުން
  • ދައުލަތުގެ އެއްވެސް ބިމެއް ތަރައްގީކޮށް ވިއްކުމުގެ އާ ހުއްދައެއް ދިނުން
  • ދައުލަތުގެ އެއްވެސް މުދަލެއްގެ މިލްކުވެރިކަން އެހެން ފަރާތަކަށް ބަދަލުކުރުން
  • ބައިނަލްއަޤްވާމީ މުއާހަދާތަކާއި، އެއްބަސްވުންތަކުގައި ސޮއިކުރުން
  • ޕީއެސްއައިޕީ އާއި އެހެނިހެން ޕްރޮގްރާމްތަކުން އާ ޕްރޮޖެކްޓުތައް ފެށުން
  • ދައުލަތުގެ އެއްވެސް މުއައްސަސާއެއްގެ މުސާރައިގެ އޮނިގަނޑަށް ބަދަލެއް ގެނައުން
  • ދައުލަތުގެ އެއްވެސް ވަޒީފާއަކަށް އަލަށް މީހަކު ވެއްދުން އަދި ޕްރޮމޯޝަން ދިނުން

އިންތިޚާބީ ރައީސްގެ ސިޓީގައި ވަނީ، އިންތިޚާބު ނިމުމާއެކު، ރައީސް ދެއްކެވި ޑިމޮކްރެސީގެ ނަމޫނާއަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި،ސަރުކާރު ބަދަލުކުރުމުގައި، އެއްބާރުލުން ދެއްވުމަށް ޔަގީންކަން ދެއްވި ކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.

އިއްޔެ، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުންވެސް ވަނީ ސަރުކާރު ކުންފުނިތަކަށް އާ މަޝްރޫއުތައް ނުހިންގަން ގޮވާލައިފައެވެ.

ޑރ. މުއިއްޒުގެ ފަރާތުން ވަނީ ޑިރެކްޓަރު ޖެނެރަލް އޮފް ޓްރާންސިޝަންގެ މަގާމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އައްޔަންކުރައްވައިފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ