މީހަކަށް ތޫނު އެއްޗަކުން ހަމަލާ ދިން އަންހެނަކު ހައްޔަރުކޮށްފި

ޚަބަރު ފަހުގެ

ފިހާރައެއްގެ ތެރޭގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައެއްގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 29 އަހަރުގެ އަންހެނެކެވެ.

އިޝްތިހާރު
އިޝްތިހާރު

ފުލުހުން ބުނީ މި ހަމަލާގައި ޒަހަމްވި މީހާއަށް އޭޑީކޭގައި ފަރުވާދެމުންދާ ކަމުގެ މައުލޫމާތު މިއަދު 11:02 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ފިހާރައެއްގައި ހުރި މީހަކަށް ހަމަލާ ދޭ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ.

ފުލުހުން ވަނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުނެފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ