ޑރ.މުއިއްޒުގެ ސަރުކާރުގެ މަގާމުތަކުގައި ޑިމޮކްރެޓްސްގެ ބޭފުޅުން ތިބޭނެ: ހަސަން ލަތީފު

ފަހުގެ ސިޔާސީ

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އެކި މަގާމުތަކުގައި ޑިމޮކްރެޓްސްގެ މެންބަރުން ތިއްބަވާނެ ކަމަށް އެ ޕާޓީގެ މުއައްސިސް ހަސަން ލަތީފު މިއަދު ވިދާޅުވެއްޖެއެވެ.

ޑިމޮކްރެޓްސް އިން މިއަދު މެންދުރު ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި ހަސަން ވިދާޅުވީ މުއިއްޒުގެ ސަރުކާރު ހިންގުމުގައި އެ ޕާޓީގެ ބައިވެރިވުން އޮންނާނެ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

“އުއްމީދުކުރަނީ އެ ސަރުކާރު ހިންގުމުގައި ވެސް ބައިވެރިވުން. ކޮންމެހެން ސަރުކާރަށް މަޝްވަރާ އާއި ލަފާ ދިނުމަށް އެ ގޮތްގޮތުން ބައިވެރިވުން އެކަންޏެއް ނޫން، ސަރުކާރު ހިންގުމުގައި ވެސް ބައިވެރިވުން. އެ މާނާގައި ކުރިން ވެސް އެ ވާހަކަ ދެންނެވީ،” ހަސަން ވިދާޅުވިއެވެ. “ސަރުކާރު ހިންގުމުގައި އޭގެ މާނައަކީ ސަރުކާރުގެ އެކި މަގާމުތަކުގައި ވެސް ޑިމޮކްރެޓްސްގެ މެންބަރުން ވެސް ތިއްބެވުން.” އިތުރަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް ޑރ. މުއިއްޒު ބައެއް އިންޓަވިއުތަކުގައި ވިދާޅުވެފައިވާ ގޮތުގައި، އެއްވެސް ޕާޓީއަކަށް ވަކި މަގާމެއް ދޭން ނިންމާފައި ނުވާނެއެވެ. އަދި އޭނާ އެކުލަވާލައްވާނީ “މަތި ބަރު ނޫން” ސަރުކާރެކެވެ. މަގާމުތަކަށް އައްޔަންކުރައްވާނީ ވެސް ތައުލީމީ، ގާބިލު ބޭފުޅުން ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ރިޔާސީ އިންތިހާބު ޑރ. މުއިއްޒު ކާމިޔާބު ކުރެއްވި ފަހުން، މިދިޔަ އާދިއްތަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވެސް ހަސަން ވަނީ މުއިއްޒުގެ ސަރުކާރު ހިންގުމުގައި އެ ޕާޓީން ބައިވެރިވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، އިތުރު ތަފުސީލު އޭރު ނުދެއްވައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ