އެމްޑީޕީން އަނެއްކާވެސް ނަޝީދު ވަކިކުރަން ހުށަހަޅަން ނިންމައިފި

ފަހުގެ ސިޔާސީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރުމަށް ހުށަހެޅުމަށް އެމްޑީޕީ ޕާލިމަންޓަރީ ގުރޫޕުން ނިންމައިފިއެވެ.

މިއަދު ބޭއްވި އެމްޑީޕީ ޕީޖީ ގުރޫޕްގެ ބައްދަލުވުމުގައި އެ ނިންމުން ނިންމާފައިވަނީ ބައްދަލުވުމުގައި ބައިވެރިވި 40 މެމްބަރުންގެ ތެރެއިން 39 މެމްބަރުންގެ ތާއިދާއެކުއެވެ. 

އިޝްތިހާރު
އިޝްތިހާރު

މީގެ ކުރިންވެސް ނަޝީދު ވަކިކުރަން ހުށަހަޅާފައިވާއިރު، އެ ފަހަރު އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވަނީ 54 މެމްބަރުންގެ ސޮޔާއެކުއެވެ. 

 

ރައީސް ނަޝީދު މަޖިލީހުގެ ރައީސް ކަމުގެ މަގާމުން ވަކިކުރުމަށް އެމްޑީޕީން އެންމެ ފުރަތަމަ ހުށަހެޅީ މިދިޔަ ޖޫން މަހުގެ ހަ ވަނަ ދުވަހުއެވެ. އެމްޑީޕީގެ ތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކާ އެކު އެ މައްސަލަ ހުށަހެޅިއިރު ނަޝީދު ހުންނެވީ އެ ޕާޓީގެ ރައީސް ކަމުގެ މަގާމުގައެވެ. އެފަހުން ނަޝީދު ވަނީ އެމްޑީޕީ ދޫކޮށް އަލަށް އުފެއްދެވި ދަ ޑިމޮކްރެޓްސް އާ ގުޅިވަޑައިގެންފައެވެ.

ފަހުން އެ މައްސަލަ އަބުރާ ގެނެސްފައިވަނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީއަށް ލިބުނު ނާކާމިޔާބީއާއެކު ދެވަނަ ބުރުގައި ޑިމޮކްރެޓްސްގެ ތާއީދު ހޯދުމުގެ ބޭނުމުގައި ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. 

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ