ފަސްޓްލޭޑީ އާއި އިންތިޚާބީ ރައީސްގެ އަނބިކަނބަލުން ބައްދަލު ކުރައްވައިފި

ޚަބަރު ފަހުގެ

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި ބައްދަލުކުރައްވައިފިއެވެ.

މިއަދު މުލިއާގޭގައި އޮތް މި ބައްދަލުކުރެއްވުމުގައި ފަޒްނާ އަޙްމަދު ވަނީ އިންތިޚާބުގައި ޑރ. މުޙައްމަދު މުޢިއްޒު ހޯދެއްވި ކާމިޔާބީއަށް މަރުހަބާ ވިދާޅުވެފައެވެ.

އިޝްތިހާރު
އިޝްތިހާރު

ރައީސްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ޑރ. މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި ދެބޭފުޅުންވެސް ވަނީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެޑއިގެންފައެވެ. އަދި ދެ ބޭފުޅުންވެސް ފިރިކަލުންނަށް އިންތިޚާބު ކާމިޔާބުކޮށްދެއްވުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރައްވާފައެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުން ޑރ. މުޙައްމަދު މުޢިއްޒު ކާމިޔާބު ހޯއްދެވީ 129،159 ވޯޓާއި އެކު 54 އިންސައްތަ ދިވެހި ރައްޔިތުންގެ ތާއިދާއެކުއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ލިބިވަޑައިގަތީ 109868 ވޯޓްއެވެ. އެއީ ވޯޓްލީ މީހުން 45.9 އިންސައްތައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ