ލަގްޒަރީ އެއާލައިން “ބިއޯންޑް” އިފްތިތާހުކޮށްފި

ޚަބަރު ފަހުގެ

ސިމްޑީއާއި ޔޫއޭއީގެ އަރަބެކްސް ކުންފުންޏާ ގުޅިގެން ތައާރަފްކުރި ލަގްޒަރީ އެއާލައިން “ބިއޯންޑް” އިފްތިތާހުކޮށްފިއެވެ.

މި އެއާލައިނުގެ ފުރަތަމަ ބޯޓު މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާފައިވާއިރު، މި ބޯޓަށް މަރުހަބާކިޔުމަށް ވޯޓާ ސެލިއުޓެއް ވަނީ ދީފައެވެ.

އިޝްތިހާރު
އިޝްތިހާރު

މިއަދު ވެލާނާ އެއާޕޯޓުގައި ޖެއްސި ބިއޯންޑްގެ ލަގްޒަރީ ބޯޓަކީ 44 ބިޒްނަސް ކްލާސް ސިޓު ހިމެނޭ ބޯޓެކެވެ. މި އެއާލައިނުގެ ފުރަތަމަ ފްލައިޓް ފަށާނީ ސުވިޓްޒަލޭންޑުގެ ޒޫރިކް އާއި ޖަރުމަނުގެ މިޔުނިކް އާއި ސައުދީގެ ރިޔާދުންނެވެ. ދެ ވަނަ ފްލައިޓު ފެށުމަށް ހަމަޖެހިފައި ވަނީ އިޓަލީގެ މިލާން އާއި ތައިލެންޑުގެ ބެންކޮކާއި ދުބާއީއަށެވެ. އެއަށް ފަހު ބެއިޖިން އަދި ޝެންހާއިގެ ދަތުރުތައް ފެށުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

ސިމްޑީގެ މެނޭޖިންގ ޑިރެކްޓަރ މިޝާލް އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވި ގޮތުގައި މި އެއާލައިނުގައި މަސައްކަތްކުރުމަށް ގިނަ ދިވެހިންތަކަކަށް ވަނީ ވަޒީފާގެ ފުރުސަތު ދީފަ އެވެ. އަދި ކުންފުނީގެ 50 ޕަސެންޓަކީ ދިވެހި މުވައްޒަފުންނަށް ހެދުމަށް މަސައްކަތްކުރަމުން އަންނަ ކަމަށްވެސް ވިދާޅުވި އެވެ.

ބިއޯންޑް އެއާލައިނަކީ އެންމެ މަތީ ފަންތީގެ ދަތުރުތައް ކުރުމަށް އުފައްދާފައިވާ އެއާލައިނެކެވެ. މި އެއާލައިނުގެ ދަތުރުތައް މެދުއިރުމަތީ ގައުމުތަކަށް ފެށެނީ 2000 ޑޮލަރުންނެވެ. އަދި ޔޫރަޕުގެ ގައުމުތަކަށް އަގު ފެށެނީ 3800 ޔޫރޯ އިންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ