ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ދިވެހިވަންތަ ގައުނެއް

ޚަބަރު ފަހުގެ

ދިވެހި ތާރީހާއި، ޝަރުއީ ދާއިރާގެ މިނިވަންކަން ރަމްޒުކޮށްދޭ ރޭނދާއެއް ހިމަނައިގެން ފުރަތަމަ ފަހަރަށް އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހާއްސަ ގައުނެއް ބޭނުންކުރާ ގޮތަށް އެ ކޯޓުން ހަމަޖައްސައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މިހާރު ބޭނުން ކުރައްވަނީ، ވިދާ ރިހި ކުލައެއްގެ ރޭނދާލީ ކަޅު ގައުނެވެ. އުއްތަމަ ފަނޑިޔާރު ތުރުކުރައްވާ ގައުނުގައި ހުންނަނީ ރަން ކުލައިގެ ރޭނދާއެކެވެ.

އިޝްތިހާރު
އިޝްތިހާރު

ސުޕްރީމް ކޯޓުން މުޅިން އަލަށް މިއަދު ތައާރަފްކުރި ގައުނު ފަރުމާ ކޮށްފައިވަނީ އިސްލާމީ ތާރީހާއި ރާއްޖޭގެ ސަގާފަތާއި ޝަރުއީ ދާއިރާގެ މިނިވަންކަން ރަމްޒުކޮށްދޭ ގޮތަށް ކަމަށް އެ ކޯޓުން ބުންޏެވެ. ގައުނުގެ ރޭނދާގެ ޑިޒައިންގެ އެއްބައި ފަރުމާކޮށްފައިވަނީ މާލޭގެ ހުކުރު މިސްކިތުގައި ހުންނަ ހިރިގަލުގެ ޑިޒައިން އަސްލަކަށް ބަލައިގެން ކަމަށް ސުޕްރީމް ކޯޓުން ބުންޏެވެ. ޝަރުއީ ދާއިރާގެ މިނިވަންކަން ރަމްޒުކޮށް ދިނުމަށް ތިލަފަތަކާއި ތިން ތަރިއެއް ހިމެނޭ ޑިޒައިނެއް ވެސް ރޭނދާގައި ހިމަނާފައިވެއެވެ.

އާ ގައުނުގެ ޑިޒައިންގައިވާ ގޮތުން އުއްތަމަ ފަނޑިޔާރު ތުރު ކުރައްވާނީ ރަން ކުލައިގެ ޑަބަލްކޮށް ރޭނދާއެއް ލާފައިވާ ގައުނެކެވެ. އަދި ސުޕްރީމް ކޯޓުގެ ދެން ތިއްބެވި ފަނޑިޔާރުންގެ ގައުނުގައި ހުންނާނީ ސިންގަލް ރޭނދާ ފަށެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ