އިތުރު ދައުރަކަށް ނަޝާތު އީސީއަށް އައްޔަންކުރަން ކޮމިޓީން ފާސްކޮށްފި

ޚަބަރު ފަހުގެ

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް އިތުރު ދައުރަކަށް އަލީ ނަޝާތު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމައިފިއެވެ.

މިއަދުު ބޭއްވި މިިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ބައިވެރިވި 11 މެމްބަރުންގެ ތެރެއިން 8 މެމްބަރުންގެ އިއްތިފާގުން މިގޮތައް ނިންމަވާފައިވާއިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ވަނީ، ނަޝާތު އިތުރު ދައުރަކަށް އީސީއަށް އައްޔަން ކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގައި އެދިވަޑައިގެންފައެވެ.

އިޝްތިހާރު
އިޝްތިހާރު

އިތުރު ދައުރަކަށް އަލީ ނަޝާތު އައްޔަނުކުރުމަށް މިިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކުރުމާއެކު ދެން އޮންނާނީ ތާއީދު އޮތްތޯ ބެލުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވުމެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރާނެ ބޭފުޅަކު ކަނޑައަޅާނީ މަޖިލީހުންނެވެ. އެހެންނަމަވެސް، މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތް ހުއްޓި، ޗުއްޓީއަށް ދިޔައިރު ވެސް އެ މަސައްކަތް ކުރިއަށް ގެންދެވޭގޮތެއް ނުވިއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ނަޝާތު އައްޔަނުކޮށްފައި ވަނީ 2018 ވަނަ އަހަރުގެ ޖުލައި މަހުގެ 25ވަނަ ދުވަހުއެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އޭނާގެ ދައުރު ހަމަވީ މިއަހަރުގެ ޖުލައި މަހުގެ 25ވަނަ ދުވަހުއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ