އެމްޕީ ގަފޫރު ޕީއެންސީއަށް ސޮއި ކުރެއްވި ވާހަކަ ދޮގުކޮށްފި

ފަހުގެ ސިޔާސީ

ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު ޢަބްދުލްޣަފޫރު މޫސާ އެޕާޓީން ވަކިވެވަޑައިގެންފައިނުވާކަމަށް އެމްޑީޕީން ބުނެފިއެވެ.

މެންބަރު ޣަފޫރު ޕީއެންސީ ފޯމެއްގައި ސޮއިކުރައްވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. މެންބަރު ޣަފޫރު ސޮއިކުރައްވާކަމަށް ބުނާ ފޮޓޯގައި، ޣަފޫރު އަރިހުގައި ނޮޅިވަރަމު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲވެސް އިންނަވައެވެ.

އިޝްތިހާރު
އިޝްތިހާރު

ނަމަވެސް ޕީއެންސީީީއާއި ގުޅިވަޑައިގެންނެވި ވާހަކަ ޣަފޫރު ވަނީ ދޮގުކުރައްވާފައެވެ. އަދި އެމްޑީޕީންވެސް ބުނީ، މެންބަރު ޣަފޫރު އެޕާޓީން ވަކިވެވަޑައިގެންފައި ނުވާކަމަށެވެ. ޣަފޫރަކީ އެމްޑީޕީއަށް ވަފާތެރި މެންބަރެއްކަމަށްވެސް އެމްޑީޕީން ބުންޏެވެ.

“އެ ފޮޓޯގައި ފެންނަނީ ހެކިވެރިޔާ ގޮޅީގައި ސޮއިކުރައްވާ މަންޒަރު.” އެމްޑީޕީގެ ޗެއަރޕާސަންގެ ނާއިބު އިބްރާހީމް ވަޙީދު ވިދާޅުވިއެވެ.


މެންބަރު ޣަފޫރަކީ މި ސަރުކާރާއި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދިފާޢުގައި އެންމެ ބޮޑަށް ވާހަކަފުޅު ދައްކަވާ އެއް މެންބަރެވެ. ރިޔާސީ އިންތިޚާބުގެ ރައީސް އިބްރާހީމް މުޙައްމަދު ޞަލިޙްގެ ކެމްޕެއިންގައިވެސް ޣަފޫރު ބައިވެރިވެވަޑައިގެންނެވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ