ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށް ޓެލެތޯނެއް ކުރިއަށް ގެންދަނީ

ޚަބަރު ފަހުގެ

އިސްރާޢީލުގެ ޔާހޫދީން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުން އަންނަ ލާއިންސާނީ ޖަރީމާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ދިވެހި މީޑިއާތަކާއި، އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން، އައިއޭސީ ގުޅިގެން ޓެލެތޯނެއް ކުރިއަށް ގެންދިޔުމަށް ނިންމައިފިއެވެ.

މިއަދު ހަވީރު އިންޓަރނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) ން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަން ހާމަކޮށް އައިއޭސީގެ އިންޓަނޭޝަނަލް ރިލޭޝަންސް ޑިރެކްޓަރު މުހައްމަދު ޢަލީ ވިދާޅުވީ، އެ ޖަމުޢިއްޔާއިން އަބަދުވެސް ފަލަސްޠީނަށް ޚާއްސަ އަހައްމިއްޔަތެއްދޭ ކަމަށާއި، ފަލަސްޠީނަކީ ދިވެހީންނަށް ވަރަށް ޚާއްސަ ތަނެއް ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެގޮތުން ފަލަސްޠީންގައި ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީތެރިވުމަށްޓަކައި މީޑިއާއާއި ގުޅިގެން ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާކަން އައިއޭސީން ވަނީ ހާމަކޮށްފައެވެ.

މި ޓެލެތޯން ކުރިއަށްގެންދިއުމަށް ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހުން ފެށިގެން މިމަހުގެ 17ވާ އަންގާރަ ދުވަހުގެ ނިޔަލަށް ކަމަށް އައިއޭސީން ހާމަކުރެއެވެ.

އައިއޭސީން ބުނީ ޓެލެތޯނު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ދުވަސްތަކުގައި ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިއަދު އައިއޭސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިއޭސީގެ ވައިސް ޗެއަރމަން އާދަމް ނާއިފު ވިދާޅުވީ، އަންނަ ހުކުރު ދުވަހު ހެނދުނު 11 ޖަހާއިރު، މާލޭ ސަރަހައްދުގެ ހުރިހާ މިސްކިތްތަކެއްގެ ބޭރުގައި ފަންޑު ފޮށި ބަހައްޓަން ނިންމާފައިވާ ކަމަށެވެ. އަދި މާލެ ސަރަހައްދުގެ އިތުރުން މުޅި ރާއްޖޭގައި އެ ހަރަކާތް ކުރިއަށް ގެންދިއުމަށް ނާއިފް ވަނީ އެދިވަޑައިގެންފައެވެ.

ހަމަ އެހެންމެ އަންނަ ހުކުރު ދުވަހު އާޓިފިޝަލް ބީޗުގައި ކަނބަލުންގެ އެއްވުމަކާއި، ހުކުރު ދުވަހު ކާރު ސައިކަލު އެސޯސިއޭޝަންތަކުން ބާއްވާ ފަންޑް ރައިޒިން އިވެންޓެއް ހުޅުމާލޭ ސެންޓްރަލް ޕާކުގައި އޮންނާނެ ކަމަށާއި ހޮނިހިރު ދުވަހުގެ ރޭ ހިމޭން އިހްތިޖާޖެއް އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ނާއިފް ވަނީ ވިދާޅުވެފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ