މަޖިލީހުގެ އިންތިޚާބުގައި 5 ދާއިރާއަކަށް ވާދަކުރުމާ ގުޅޭގޮތުން އަދާލަތު ޕާޓީން މަޝްވަރާކޮށްފި

ފަހުގެ ސިޔާސީ

2024 ވަނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 5 ދާއިރާއަކަށް ވާދަކުރުމާ ގުޅޭގޮތުން އަދާލަތު ޕާޓީން މަޝްވަރާކޮށްފިއެވެ.

އަދާލަތު ޕާޓީގެ 3 ވަނަ ދައުރުގެ އިދާރީ މަޖިލީހުގެ 45 ވަނަ ބައްދަލުވުން 11 އޮކްޓޫބަރު 2023 ވީ ބުދަ ދުވަހުގެ ރޭ ވަނީ ބާއްވާފައެވެ.

އިޝްތިހާރު
އިޝްތިހާރު

އަދާލަތުގެ ސްޕޯކްސް ޕާސަން އަލީ ނަޒީރު ވިދާޅުވީ، ބުދަ ދުވަހުގެ ރޭ ބޭއްވުނު އަދާލަތު ޕާޓީގެ އިދާރީ މަޖިލީހުގެ ބައްދަލުވުމުގައި، 2024 ވަނަ އަހަރު ބޭއްވޭ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 5 ދާއިރާއަކަށް ވާދަކުރުމާމެދު މަޝްވަރާ ކުރެވިފައި ވާކަމަށެވެ. އަދި މިކަމާމެދު ގޮތެއް ނިންމުމުގެކުރިން، ގޮފިތަކާއި ދާއިރާތަކާ އިތުރަށް މަޝްވަރާކުރުމަށް ވެސް އެއްބަސްވެފައި ވާކަމަށް އޭނާ ވިދާޅުވިއެވެ.

އަދާލަތު ޕާޓީއަކީ އެމްޑީޕީ ސަރުކާރުގެ ބައިވެރިއެކެވެ. މަޖިލީހުގެ އިންތިޚާބުގެ ކަންކަމުގައި ކުރިއަށްދާނެ ގޮތް އާއްމުކޮށްފައި ނުވިނަމަވެސް މީގެ ކުރިން އެމްޑީޕީން ވަނީ ހުރިހާ ދާއިރާއަކަށް ވާދަކުރާނެކަމުގެ ޝައުގުވެރިކަން ފާޅުކޮށްފައެވެ.

2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހަށް ވަނީ 6 ގޮނޑި އިތުރުވެއެވެ. އެއީ މާލެ ސިޓީއަށް 2 ގޮނޑި، އައްޑޫ ސިޓީއަށް 1 ގޮނޑި، މާޅޮސްމަޑުލު ދެކުނުބުރިއަށް 1 ގޮނޑި، މާލެއަތޮޅަށް 1 ގޮނޑި، އަދި ހުވަދުއަތޮޅު އުތުރުބުރިއަށް 1 ގޮނޑިއެވެ. ހަ ގޮނޑި އިތުރުވާނަމަ 93 މެންބަރުން އިންތިޚާބު ކުރަންޖެހޭނެއެވެ.

މިހާރު ހިނގަމުންދާ 19 ރައްޔިތުންގެ މަޖިލީހުގައި ތިއްބެވީ 87 މެންބަރުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ