ހަށިވިއްކަން ތިއްބާ ދިވެހިންތަކެއް ހައްޔަރުކޮށްފި

ޚަބަރު ފަހުގެ

މާލޭގެ ކުލިނިކެއްގައި ހަށިވިއްކަން ތިއްބާ ދިވެހިންތަކެއް ހައްޔަރުކޮށްފިއެވެ.

މާލޭގައި ހިންގަމުންދާ ‘ދިވެހި ބޭސް ކުލިނިކު’ގައި ހަށިވިއްކާ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން، އެންޓި ހިއުމަން ޓްރެފިކިންގ ޑިޕާޓްމެންޓާއި، ސްޕެޝަލިސްޓް އޮޕަރޭޝަން އަދި އިންޓެލިޖެންސް ގުޅިގެން ރޭ ހާއްސަ އޮޕަރޭޝަނެއް ހިންގާފައިވާކަމަށް ފުލުހުން ބުނެފިއެވެ.

އިޝްތިހާރު
އިޝްތިހާރު

މި އޮޕަރޭޝަންގައި 3 ދިވެހިން ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވާކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ. އެއީ 35 އަހަރުގެ އަންހެނަކާއި، 44 އަހަރުގެ އަންހެނަކާއި، 41 އަހަރުގެ ފިރިހެނެކެވެ.

އަދި މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ