ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ އެހީތެރިކަން ދޭނަން: އެމެރިކާ ސަފީރު

ޚަބަރު ފަހުގެ

ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެކި ދާއިރާތަކުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން އެމެރިކާއިން ދިވެހިރާއްޖެއަށް ދީފިއެވެ.

އެމެރިކާއިން މިފަދަ ޔަގީންކަމެއް ރާއްޖެއަށް ދީފައިވަނީ އިންތީޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ އަރިހަށް އެމެރިކާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ހޫގޯ ޔޮން ކުރެއްވި އިޙުތިރާމުގެ ޒިޔާރަތުގެ ތެރެއިންނެވެ.

އިޝްތިހާރު
އިޝްތިހާރު

މި ބައްދަލުކުރެއްވުމާއި ގުޅޭގޮތުން އިންތިހާބީ ރައީސްގެ އޮފީހުން ބުނީ ޑރ. މުއިއްޒުގެ ސަރުކާރުގައި އެމެރިކާއާ އެކު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރެވި އައު ހަރުފަތަކަށް ގެންދެވުމަށް މަޝްވަރާތައްކުރެވުނު ކަމަށެވެ. އަދި އެކި ދާއިރާތަކުން ރާއްޖެއަށް ބޭނުންވާ އެހީތެރިކަން ފުރިހަމައަށް ދެއްވާނެ ކަމަށް ޔަގީންކުރައްވާ ކަމަށް އިންތިހާބީ ރައީސް ވިދާޅުވި ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން ބުނެއެވެ.

އެމެރިކާގެ ސަފީރުގެ ވާހަކަފުޅުގައި ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެކި ދާއިރާތަކުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަންދެއްވައި ރާއްޖޭގައި އަލަށް ގާއިމުކުރި އެމެރިކާ އެމްބަސީގެ ސަބަބުން މި މަސައްކަތްތައް އިތުރަށް ފުޅާވެގެންދާނެކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވިކަން އިންތިހާބީ ރައީސްގެ އޮފީހުންވަނީ ފާހަގަކޮށްފައެވެ.

އިންތިހާބީ ރައީސް ޑރ.މުއިއްޒު ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތްކުރަމުންގެންދާ މިދަނޑިވަޅުގައި ބޭރު ގައުމުތަކުގެ ސަފީރުންނާއި ބައްދަލުކުރައްވައި ރާއްޖެއަށް ބޭނުންވާ އެކި ކަންކަމާއި ގުޅޭ މަޝްވަރާތައް އަންނަނީ ބާއްވަމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ