މުޅި ހަނިމާދޫ އެއްކޮށް ނުކުމެ ފަލަސްދީނާއެކު ވާކަން ހާމަކޮށްދީފި

ހަނިމާދޫ ފަހުގެ

ހައްދު ފަހަނައަޅާފައިވާ ޔަހޫދީން ފަލަސްދީނުގެ ރައްޔިތުންނަށް ދެމުން ގެންދާ ލާއިންސާނީ ހަމަލާތަށް ވަގުތުން ހުއްޓާލުމަށް ގޮވާލައި މުޅި ހަނިމާދޫ ރައްޔިތުން ނުކުމެ ހިނގާލުމެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ.

މިހަރަކާތަކީ އިސްރާ އެސޯސިއޭޝަނާއި އައިއޭސީ ގުޅިގެން “އަހަރެމެން ފަލަސްދީނުގެ ނަމުގައި” މުޅި ރާއްޖޭގައި އެވުންތަށް ބާވަން ގޮވާލި ގޮވާލުމާއެކު ހަނިމާދޫ ކައުންސިލުގެ އިސްނެގުމާއެކު ބޭއްވި ހިނގާލުމެކެވެ.

އިޝްތިހާރު
އިޝްތިހާރު

މިހިނގާލުން ފަށާފައިވަނީ މިއަދު ހަވީރު 16:00 ގައި ހަނިމާދޫ ބަނދަރު ސަރަހައްދުންނެވެ. ރަށުގެ ބޮޑު މަގުތަކުގައި ހިނގާލުން ކުރިއަށް ދިޔަ ވަގުތު ހިނގާލުމުގެ ބައިވެރިން ދިޔައީ ޓެރަރިސްޓް ޔަހުދީން ކުށެއްނެތް ފަލަސްދީނުގެ މުސްލިމުންނަށް ދެމުން ގެންދާ ހަމަލާތަށް ވަގުތުން ހުއްޓާލުމަށް ގޮވާލަމުންނެވެ. އަދި ޔަހޫދީން ގަދަބާރުން ހައްގަކާއިނުލާ ފޭރިގަނެފައިވާ ފަލަސްދީނުގެ ބިންތަކުން ފައިބަންވެސް ގޮވާލާފައިވެއެވެ.

މި ހިނގާލުން ނިންމާލާފައިވަނީ ފަލަސްދީނުގެ ރައްޔިތުންނަށް ކެތްތެރިކަން ދެއްވުމަށާއި ޖިހާދު ކުރަމުންދާ މުޖާހިދުނަނަށް ނަސްރު ދެއްވުމަށާއި، ހައްދު ފަހަނަ އެޅި ޔަހޫދީންގެ ރޭވުންތަށް ނާކާމިޔާބު ކުރައްވާ އެބައި މީހުންގެ އަތްދަށުން މުސްލިމުންގެ ފުރަތަމަ ގިބުލަ މަސްޖިދުލް އަގްޞާ ސަލާމަތްކޮށްދެއްވުން އެދި ކުރެވުނު ހާއްސަ ދުޢާ އަކުންނެވެ.

ދިވެހިން ފަލަސްދީނާއެކު ތިބިކަން ސާބިތުކޮށްދިނުމަށް މިއަދު ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއްވުންތައް ކުރިއަށް ގެންގޮސްފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ