ސީޕީ ހަމީދު ރިޓަޔާ ކުރައްވަން ނިންމައިފި

ފަހުގެ ސިޔާސީ

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ރިޓަޔާ ކުރައްވަން ނިންމަވައިފިއެވެ.

އަންނަ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ރިޓަޔާ ކުރައްވަން ނިންމަވާފައިވާ ކަމަށް ފުލުހުންގެ އިސްވެރިންނަށް މިއަދު ސީޕީ ފޮނުއްވި މެސެޖެއްގައި ވަނީ ވިދާޅުވެފައެވެ.

އިޝްތިހާރު
އިޝްތިހާރު

އިންޓެލިޖެންސްގެ ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރައްވައި ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ފުލުހުންގެ ޗީފް ސްޕްރިންޓެންޑެންޓެއްގެ ހައިސިއްޔަތުން ފުލުހުންގެ އިންޓެލިޖެންސްގެ ވެރިޔާގެ މަގާމު ސީޕީ ވަނީ ފުރުއްވާފައެވެ. އެ މަގާމުގައި ހުންނަވަނިކޮށް ފުލުހުންގެ ސިއްރު މައުލޫމާތުތަކެއް ލީކުކުރި ކަމުގެ ތުހުމަތުގައި 2012 ވަނަ އަހަރުގެ އޮގަސްޓް މަހު އޭނާ ވަނީ މަގާމުން ވަކި ކޮށްފައެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުމުނު ފަހުން ހަމީދަށް އަލުން ވަޒީފާ ދިނުމަށް ކޯޓުން ވަނީ އަންގާފައެވެ. އެފަހުން ހަމީދު ރަސްމީކޮށް ޕޮލިސް ކޮމިޝަނަރުގެ މަގާމާ ހަވާލުވެވަޑައިގަތީ 26 މާޗް 2019 ވަނަ އަހަރުއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ