މާލޭގެ ރައްޔިތުން އެދޭ ކަންކަން ހަގީގަތަކަށް ހަދައިދޭނަން – ޑރ. މުއިއްޒު

ސިޔާސީ ފަހުގެ

އެމަނިކުފާނުގެ ސަރުކާރު ވެގެންދާނީ މާލޭގެ ރައްޔިތުން އެދޭ ކަންކަން ހަގީގަތަކަށް ހަދައިދޭނެ ސަރުކާރަކަށް ކަމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑރ. މުއިއްޒު މިފަދައިން ވިދާޅުވީ މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ހާއްސަ ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

އިންތިހާބީ ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެމަނިކުފާނު މޭޔަރުކަމުގައި ވޭތުކުރި ދެ އަހަރާއި ބައިގައި މާލެ ސިޓީ ތަރައްގީ ކުރުމަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ.

އަދި އެ ގޮންޖެހުންތަކަކީ ސަރުކާރުން މާލޭގެ ބައެއް ކަންކަން ކުރުމަށް ސިޓީ ކައުންސިލަށް ހުއްދަ ނުދިނުންކަމަށާއި އެ ގޮންޖެހުންތަކާ ކުރިމަތިނުވި ނަމަ މިއަށްވުރެ މާ ފުރިހަމަކޮށް މާލެ ތަރައްގީ ކުރެވި ނުނިމި ހުރި ކިތަންމެ ކަމެއް ހުންނާނީ ނިމިފައި ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.

މިކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ އެކަންކަން ހައްލުކޮށް އެމަނިކުފާނުގެ ސަރުކާރުގައި ތަރައްގީގެ މަސައްކަތްތަކަށް ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ.

“17 ނޮވެމްބަރުގައި ފެށިގެންދާ ސަރުކާރުގައި އަޅުގަނޑު އެ ހުރިހާ ކަމެއް ފަހިކޮށްދީ، މާލޭގެ ރައްޔިތުންގެ އެދޭ ކަންކަން ހަގީގަތަކަށް ހަދައިދޭނަން،” އިންތިހާބީ ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ