އަންނަ އަހަރު މަޖިލިސް ހިންގަން 186 މިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި

ޚަބަރު ފަހުގެ

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އަންނަ އަހަރުގެ ބަޖެޓާއި ގުޅޭގޮތުން އެ އިދާރާގެ އާންމު ކޮމިޓީގައި މިއަދު މަޝްވަރާކޮށްފިއެވެ.

މަޖިލީހުގެ އަންނަ އަހަރުގެ ބަޖެޓު ދިރާސާކުރުމަށް މިއަދު ބޭއްވި މަޖިލީހުގެ އާއްމު ކޮމިޓީގެ ބައްދަލުވުމަށް ހުށަހަޅާފައިވަނީ 186.9 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަދި ނިއު ޕޮލިސީ އިނިޝިއޭޓްގެ ގޮތުގައި އާންމުކޮށް ބަޖެޓުގައި ނުހިމަނައި ފަހުން ކުރަން ޕްލޭންކުރާ އެހެން ކަންތައްތަކަށް ހަރަދުކުރުމަށް 4.2 މިލިއަން ރުފިޔާ ވަނީ ހުށަހަޅާފައެވެ.

އިޝްތިހާރު
އިޝްތިހާރު

މިއީ މި އަހަރަށް ފާސްކުރި ބަޖެޓަށްވުރެ ހަތަރު މިލިއަނެެއްހާ ރުފިޔާ އިތުރު ބަޖެޓެކެވެ. މި އަހަރު މަޖިލީހަށް ފާސްކޮފައިވަނީ 182 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.

މަޖިލީހުގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަންސް، އަހުމަދު ފާއިޒް މުހައްމަދު ވިދާޅުވި ގޮތުގައި މި އަހަރުގެ ބަޖެޓަށްވުރެ އަންނަ އަހަރުގެ ބަޖެޓު އިތުރުވާ މައިގަނޑު ސަބަބަކީ މަޖިލީހުގެ 20 ވަނަ ދައުރުގައި މެންބަރުންގެ އަދަދު އިތުރުވާތީއެވެ.

އޭނާ ވިދާޅުވީ މަޖިލީހުގެ ކޮމިޓީތައް އެކުލަވާލުން ލަސްވުމާ ގުޅިގެން ބަޖެޓު އެކުލަވާލަން ޖެހޭ މުއްދަތު ފަހަނައަޅަމުންދާތީ އެ އިދާރާއިން މިހާރު ފިނޭންސް މިނިސްޓްރީއަށް ބަޖެޓު ހުށަހަޅާފައިވާ ކަމަށެވެ.

ބަޖެޓާ ބެހޭގޮތުން ކުރެވުނު މަޝްވަރާތަކުގައި ކޮމިޓީގެ މެމްބަރުން ވަނީ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވަނީ އަންނަ އަހަރަށް ހުށަހަޅާ މަޖިލީހުގެ ބަޖެޓުގައި އެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކުުރުމަށް ހިމަނަން ފެންނަ ކަމަށް އިސްލާހެއް ހުށަހަޅާފައެވެ.

އެގޮތުން މަޖިލީހުގެ މުވައްޒަފުންގެ މުސާރަ ބޮޑުނުކުރާތާ 11 އަހަރުވެފައިވާއިރު މުސާރަ ބޮޑުކުރަން ފެންނަ ކަމަށް ކޮމިޓީގެ ގިނަ މެމްބަރުން ވެސް ވަނީ ފާހަގަކޮށްފައެވެ.

އެހެންވެ މަޖިލީހުން އެ އިދާރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ހިނގާނެ ހަރަދު ބަލައި އެކަމުގެ ރިޕޯޓެއް ކޮމިޓީއަށް ހުށަހެޅުމަށް ކޮމިޓީން މިއަދު ވަނީ ފާސްކޮށްފަ އެވެ. މާލިއްޔަތު ކޮމިޓީއަށް މި ބަޖެޓު ހުށަހަޅާނީ އޭގެ ފަހުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ