ފާރިސް މައްޗަންގޮޅި އުތުރު ދާއިރާގެ މަޖިލިސް ގޮނޑިއަށް އަނެއްކާ ވެސް ވާދަކުރައްވަނީ

ފަހުގެ ސިޔާސީ

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ދަރިކަލުން އަޙްމަދު ފާރިސް މައުމޫން ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވަން ނިންމަވައިފިއެވެ.

ފާރިސް އެ ކަން ހާމަކުރެއްވީ އޭނާގެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އިޝްތިހާރު
އިޝްތިހާރު

އެ ޕޯސްޓުގައި ފާރިސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ގައުމަށް ހެޔޮ ބަދަލެއް ގެނައުމުގެ މައި މަރުކަޒުކަމަށެވެ. އެއާއެކު ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވަން ނިންމަވައިފައިވާކަމަށް ފާރިސް ވިދާޅުވިއެވެ.

އަދި އެ ދާއިރާގެ ހުރިހާ ރައްޔިތުންގެ ތާއީދަށް އެދިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ނިމޭ 19ވަނަ ރައްޔިތުންގެ މަޖިލީހަށް ވެސް ފާރިސް ވަނީ އެމްއާރުއެމްގެ ތެރެއިން މި ދާއިރާގެ ގޮނޑިއަށް ވާދަކުރައްވައިފައެވެ. ނަމަވެސް އޭރު ލިބުނު ނާކާމިޔާބާއެކު އޭނާ ސިޔާސީ މައިދާނުގައި ހިމޭންކޮށް ހުންނެވިއެވެ.

ފާރިސްވަނީ 18ވަނަ ރައްޔިތުންގެ މަޖިލީހުގައި 2015 ވަނަ އަހަރުން 2019 ވަނަ އަހަރަށް ދިއްގަރު ދާއިރާގެ މަޖިލިސް މެންބަރުކަން ކުރައްވާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ