ޗައިނާގެ އެހީގައި ރާއްޖޭގެ ތަރައްގީ އިތުރު ހަރުފަތަކަށް ދާން ބޭނުންވޭ – ޑރ. މުއިއްޒު

ފަހުގެ ސިޔާސީ

ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް (ބީއާރުއައި) ގެ ދަށުން ރާއްޖޭގައި ހިންގާފައި ވާ އެންމެ ފާހަގަކޮށްލެވޭ މަޝްރޫއަކީ ސިނާމާލެ ބްރިޖް ކަމަށާއި ދެގައުމުގެ ގުޅުމުގެ ތެރެއިން އެފަދަ އިތުރު މަޝްރޫއުތައް ކުރިއަށް ގެންދަވަން ބޭނުންފުޅުވާ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޗައިނާގެ ޒިންހުއާ ނިއުސް އަށް ދެއްވި ބަސްދީގަތުމެއްގައި މުއިއްޒު ވިދާޅުވީ، ސިނަމާލެ ބްރިޖާއި ހައުސިން މަޝްރޫއުތަކާއި އެއާޕޯޓު ތަރައްގީގެ މަޝްރޫއު ތަކަކީ ބީއާރުއައި ގެ ދަށުން ރާއްޖޭގެ ތަރައްގީ އަށް މުހިންމު މަޝްރޫރުތަކެއް ކަމަށާއި ހާއްސަކޮށް ބްރިޖް ނިމި ބޭނުން ކުރަން ފެށުމުން އެތައްހާސް ބައެއްގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އައިކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މުއިއްޒު ވިދާޅުވީ އެ ބްރިޖްގެ ފަސޭހަކަން މާލެ ސަރަހައްދުގެ މީހުންގެ އިތުރުން މާލެ ސަރަހައްދަށް ޒިޔާރާތް ކުރާ އެންމެހާ ފަރާތްތަކަށް ވެސް ލިބިގެން ދިޔުމަކީ އެފަދަ މަޝްރޫއުތަކުގެ މުހިންމު ކަމާއި ބޭނުންތެރިކަން ދައްކުވައިދޭ ކަމެއް ކަމަށެވެ. އެ ޕްރޮޖެކްޓާއެކު ޓްރާންސްފޯމޭޝަނަލް ބަދަލުތަކެއް ރާއްޖެއަށް އައިސްފައި ވާ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

އިތުރަށް މުއިއްޒު ވިދާޅުވީ، ޗައިނާއާއި އަދި އެހެނިހެން ގައުމުތަކުންވެސް ރާއްޖެއަށް އެފަދަ ޕްރޮޖެކްޓްތައް ބޭނުން ވާ ކަމަށާއި ކުރިއަށް ދާންވީ އެގޮތަށް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ޗައިނާގެ ބީއާރުއައި މަޝްރޫގެ ދަށުން ކުރެވޭ އުއްމީދު ބޮޑު ކަން ހާމަ ކުރައްވާ މުއިއްޒު ވިދާޅުވީ، ރާއްޖޭގެ ތަރައްގީގައި ޗައިނާ އަށް މުހިންމު ދައުރެއް އަދާ ކުރެވިދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ޗައިނާ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އަދި އިންތިހާބީ ރައީސް ޑރ. މުއިއްޒުގެ ހައުސިން މިނިސްޓަރު ކަމުގައި ރާއްޖެއާ ގާތް ގުޅުމެއް ބާއްވަމުން އައި ގައުމެކެވެ. މާލެ ސަރަހައްދުގެ މަލަމަތި ބަދަލުވެގެން ދިޔަ ސިނަމާލެ ބްރިޖަކީ މުއިއްޒުގެ މޭސްތިރި ކަމުގެ ދަށުގައި ކުރިއަށް ދިޔަ ބިޔަ މަޝްރޫއަކަށް ވާއިރު މާލޭގެ ހުޅަނގު ފަރާތުން ވިލިނގިއްޔާއި އެސަރަހައްދުގެ މަލަމަތި ބަދަލުކޮށްލައި ގުޅާލާ ބްރިޖާއި އަދި ތަސައްވުރު އޭރުވެސް ކުރަހާފައި ވާ އިރު އެ ބްރިޖް ހަދައިދިނުމަށް ވެސް ޗައިނާ އިން ހުށަހެޅިއެވެ.

އެ ކަން ރައީސް އަބްދުﷲ ޔާމީނާއި އިންތިހާބީ ރައީސް ޑރ. މުއިއްޒު ވަނީ މީޑިއާގައި ހާމަވެސް ކުރައްވާފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ