އެމްޑީޕީގެ މަޖިލިސް ޕްރައިމަރީ ޑިސެމްބަރުގައި ބާއްވަން ނިންމަނީ

ފަހުގެ ސިޔާސީ

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ ޑިސެމްބަރު މަހުގެ ތެރޭގައި ބޭއްވުމަށް ވިސްނުން ހުރި ކަމަށް އެ ޕާޓީން ބުނެފިއެވެ.

މަޖިލީހުގެ ހުރިހައި ދާއިރާއަކަށް އެމްޑީޕީން ވާދަކުރާނެއެވެ.

އިޝްތިހާރު
އިޝްތިހާރު

މަޖިލީހަށް އިތުރުވި ހަ ދާއިރާއާ އެކީ މަޖިލީހުގެ 20 ވަނަ ދައުރަށް ޖުމްލަ 93 މެމްބަރުން އިންތިހާބުކުރާނެއެވެ. މަޖިލީހުގެ މިހާރު މެމްބަރުންގެ އަދަދަކީ 87އެވެ.

މަޖިލީހުގެ މެޖޯރިޓީ ޕާޓީން ބުނީ ޑިސެމްބަރު މަހުގެ ތެރޭގައް ޕްރައިމަރީ ބާއްވަން ވިސްނުން ހުރި ނަމަވެސް އަދި ސީދާ ވަކި ތާރީހެއް ނުނިންމާ ކަމަށެވެ. އެކަމަކު ތާރީޚަކާއި މެދު ޕާޓީ ތެރޭގައި މަޝްވަރާކުރެވެމުން އަންނަ ކަމަށް ބުންޏެވެ.

އެ ޕާޓީން ބުނި ގޮތުގައި ޑިސެމްބަރުގައި ޕްރައިމަރީ ބާއްވަން ބޭނުން ވަނީ ޖެނުއަރީ މަހުގެ ތެރޭގައި މާލެ އަށް މޭޔަރަކު އިންތިހާބު ވެސް އޮންނާތީ ކަމަށެވެ.

އެމްޑީޕީގެ ޓިކެޓް މަޖިލީހުގެ އެކި ދާއިރާތަކަށް ވާދަކުރަން ވަރަށް ގިނަ ބަޔަކު މިހާރު އަންނަނީ ޝައުގުވެރިކަން ފާޅުކުރަމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ