އިތުރު ޚަރަދުތައް ހަމަޖެއްސުމަށް ސަޕްލިމަންޓްރީ ބަޖެޓެއް ހުށަހަޅައިފި

ޚަބަރު ފަހުގެ

މި އަހަރުގެ އިތުރު ޚަރަދުތައް ހަމަޖެއްސުމަށް ބޭނުންވާ ފައިސާ ހިމަނައި 6.5 ބިލިއަން ރުފިޔާ ޚަރަދު ކުރުމުގެ ހުއްދަ ހޯދުމަށް، ސަރުކާރުން ސަޕްލިމަންޓްރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

އެގޮތުން ފިނޭންސް މިނިސްޓްރީން ވަނީ 6.5  ބިލިއަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓެއް މަޖިލީހަށް މިއަދު ހުށަހަޅާފައެވެ.

އިޝްތިހާރު
އިޝްތިހާރު

މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 42.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެހެންކަމުން ސަޕްލިމަންޓްރީ ބަޖެޓާއެކު މި އަހަރުގެ ބަޖެޓުގެ ޖުމްލަ ޢަދަދު 49.3 ބިލިއަން ރުފިޔާއަށް އަރާނެއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ސަރުކާރުން ސަޕްލިމަންޓްރީ ބަޖެޓެއް ހުށައެޅުމަށް ނިންމި ސަބަބުތަކުގެ ތެރޭގައި، މި އަހަރަށް ކަނޑައަޅާފައިވާ ފިއުލް ސަބްސިޑީއަށް ވުރެ އިތުރަށް ޚަރަދުކުރަން ޖެހުމާއި، އާސަންދައިގެ ބަޖެޓު ހުސްވުން ހިމެނޭ ކަމަށެވެ. އަދި ސްޓޫޑެންޓް ލޯނާއި ހިލޭ ޑިގްރީގެ ސްކީމަށް ޚަރަދުތައް އިތުރުވުން ހިމެނޭ ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.

މި އަހަރުގެ ކުރިއަށް ހުރި ޚަރަދުތަކަށް ސަޕްލިމެންޓްރީ ބަޖެޓެއް ފާސްކުރުމަށް މަޖިލީހަށް ހުށަހަޅާފައި ވާއިރު އަންނަ އަހަރަށް ލަފާކުރަނީ 50.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް ބަޖެޓުގެ އަސްލު ޢަދަދު އިނގޭނީ މަޖިލީހަށް ހުށައެޅުމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ