މާލެ އަތޮޅު ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެ

ޚަބަރު ފަހުގެ

މާލެ އަތޮޅު ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެއެވެ.

ބުރާސްފަތި ދުވަހު ފުލުހުން ބުނީ ދޫނިދޫއާއި ފޮނަދޫއާއި ދެތެރޭ ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ. އަދި އެސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ނަމަވެސް އިތުރު ތަފްސީލެއް ފުލުހުން އާއްމުކޮށްފައިނުވެއެވެ.

މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިގެން އެސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާއިރު، އޭގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ