ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން ސޮއިކުރަން ފަށައިފި

ޚަބަރު ފަހުގެ

އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވޯޓްލުމުގެ ޙައްގު ލިބޭ މީހުންގެ ލިސްޓުގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރަން ފަށައިފިއެވެ.

ވޯޓަރސް ލިސްޓުގައި ސޮއި ކުރުން ކުރިއަށްދާނީ އިލެކްޝަންސް ކޮމިޝަނުން ދަރުބާރު ގޭގައި ގާއިމުކޮށްފައިވާ އިންތިޚާބާ ބެހޭ މަރުކަޒުގައެވެ. މިއަދުން ފެށިގެން އާދީއްތަ ދުވަހުގެ ރޭ 12:00އާ ހަމައަށް ސޮއިކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

އިޝްތިހާރު
އިޝްތިހާރު

އިލެކްޝަންސް ކޮމިޝަނުން ބުނީ ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓުގައި ކެނޑިޑޭޓުންނާއި، ކެންޑިޑޭޓުންގެ މަންދޫބުންނަށް ވެސް ސޮއި ކުރެވޭނެ ކަމަށެވެ. ކެންޑިޑޭޓުންގެ ބަދަލުގައި ސޮއިކުރުމަށް ކަނޑައަޅާ ފަރާތްތަކުން ކެންޑިޑޭޓުގެ ސިޓީއަކާއި އައިޑީކާޑު ކޮޕީއެއް އަދި އައިޑީކާޑުގެ އަސްލު ގެންދަން ޖެހޭނެ ކަމަށް އިލެކްޝަނުން ވަނީ ބުނެފައެވެ.

އަންނަ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ ޖުމްލަ 284،663 މީހަކަށް ވޯޓުލުމުގެ ހައްޤު ލިބިގެންވާއިރު މީގެ ތެރޭގައި ހިމެނެނީ 139،361 އަންހެނުންނާއި 145،302 ފިރިހެނުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 93 ދާއިރާއަށް ޖުމްލަ 369 ކެންޑިޑޭޓުން ވާދަކުރެއެވެ. އެއީ 43 އަންހެންނާއި 326 ފިރިހެންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ