އެފްއޭއެމްގެ ރައީސްކަމަށް ކުރިމަތިލައްވަން ޓޮމް ނިންމަވައިފި

ޚަބަރު ފަހުގެ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސްއަކަށް ކުރިމަތިލައްވަން މަހިބަދޫ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ޠާރިޤް (ޓޮމް) ނިންމަވައިފިއެވެ.

މަޖިލީހުގައި ޓޮމް މަހިބަދޫ ދާއިރާ ތަމްސީލު ކުރައްވާ ދެވަނަ ދައުރު ހަމަވާން ދާއިރު، ތިންވަނަ ދައުރަކަށްވެސް ޓޮމް މަޖިލީހަށް ކުރިމަތިލަައްވާނެ ފަދަ އަޑުތަކެއް ފެތުރުނެވެ.

އިޝްތިހާރު
އިޝްތިހާރު

ނަމަވެސް އެފްއޭއެމްގެ ކަންކަން ބޮއްސުންލައި، އެފްއޭއެމްގެ ރައީސްއަކަށް މިހާރު ހުރި ބައްސާމް އަދީލް ޖަލީލް އެ މަގާމުން ދުރުކޮށް، އަންނަ ދައުރުގައި އެހެން މީހަކު އެ މަގާމަށް ގެނައުމަށް ސޯޝަލް މީޑިޔާގައި ކެމްޕޭނެއްވެސް ވަނީ ފަށާފައެވެ. އެގޮތުން ގިނަ ބަޔަކު ބުނަމުން ދަނީ ބައްސާމް ނޫންގޮތެއް ބޭނުންވާ ކަމަށެވެ. އަދި އެ މަގާމަށް ގާބިލު މީހުންގެ ލިސްޓުގައި އާއްމުން ބޭނުންވާ އެއް ނަމަކީ ޓޮމްއެވެ.

އެކަމާ ގުޅިގެން ޓޮމް މިއަދު ވިދާޅުވީ، ޓްބޯޅަ އެސޯސިއޭޝަންގެ ކުރިއަށް އޮތް އިންތިޚާބުގައި ވާދަކުރަން ނިންމާފައިވާ ކަމަށެވެ. އަދި ފުޓްބޯޅަ ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ކުރުމުގައި ކުލަބުތަކާއި ފުޓްބޯޅަ ކޮމިއުނިޓީގެ އެހީތެރިކަން ދެއްވުމަށް ޓޮމް އެދިވަޑައިގެންނެވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ