ހިޔާނާތް ތަހުގީގުކުރަން ފުލުހުން އެފްއޭއެމްއަށް ވަދެއްޖެ

ޚަބަރު ފަހުގެ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިސްވެރިންނަށް ތުހުމަތުކުރެވޭ ފައިސާގެ މައްސަލަތަކުގެ ތަހުގީގަށް ފުލުހުން އެފްއޭއެމްއަށް ވަދެ އެތަން ފާސްކުރަން ފަށައިފި އެވެ.

މިކަމާ ގުޅޭގޮތުން ފުލުހުން ބުނީ ޕީޖީ އޮފީހުން އަންގައިގެން ފުލުހުން ހިންގަމުންދާ އެފްއޭއެމްގެ މާލީ މުއާމަލާތްތަކަކާ ގުޅޭ ޖިނާއީ ތަހުގީގަކަށް ބޭނުންވާ ހެކި ހޯދުމަށް ކޯޓު އަމުރެއްގެ ދަށުން ފުލުހުން އެފްއޭއެމްގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެފްއޭއެމަށް ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވަނިކޮށް އެފްއޭއެމް އެކްސްކޯގެ ދެ މެންބަރަކު ވަނީ މިމަހު މަގާމުން އިސްތިއުފާ ދީފި އެވެ.

އެފްއޭއެމްގެ ހިންގުން ދޯދިޔާވެ މާލީ ބޮޑެތި މައްސަލަތަކެއް އެ އިދާރާއަށް ވަނީ ކުރިމަތިވެފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ