މަގޫދޫ އެއާޕޯޓް އަޅާ ސަރަހައްދު ކައުންސިލް އިހުތިސާސް އިން ވަކިކޮށްފި

ޚަބަރު ފަހުގެ

ފ. މަގޫދޫ ކައުންސިލްގެ ގެ އިދާރާއި އިހުތިސާސްގެ ތެރެއިން އެއާޕޯޓް އަޅާ ސަރަހައްދު ވަކިކޮށްފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ނެރުއްވި ގަރާރާގައި ބުނެފައިވަނީ މަގޫދޫ އެއަޕޯޓް އަޅާ ސަރަހައްދު އެރަށު ކައުންސިލްގެ އިހުތިސާސުން ވަކިކޮށް އެ ސަރަހައްދަކީ ވަކި އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅައިފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މަގޫދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް މިހާރުން އަންނަނީ ކުރަމުންނެވެ. އެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.

މަގޫދޫގައި ޖުމްލަ 48 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ އެއަރޕޯޓް ޤާއިމުކުރުމަށްޓަކާ ހިއްކާ 30.8 ހެކްޓަރުގެ ބިމާއި ސިނާޢީ މަސައްކަތްތަކަށާއި އިޖުތިމާޢީ ބޭނުންތަކަށް ހިއްކާ 17 ހެކްޓަރުގެ ބިމެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ