މަޖިލިސް އިދާރާއަށް އަންނަ އަހަރަށް 196.2 މިލިއަން ރުފިޔާގެ ބަޖެޓެއް

ޚަބަރު ފަހުގެ

ރައްޔިތުންގެ މަޖިލީހުގެ އިދާރާ ހިންގުމަށް އަންނަ އަހަރަށް 196.2 މިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހެޅުމަށް މަޖިލީހުގެ ބަޖެޓުގެ އާންމު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާ ހިންގުމަށް އަންނަ އަހަރަށް ފުރަތަމަ ހުށަހެޅީ 186.7 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް މަޖިލިސް މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުމެއް ނުދޭތާ 11 އަހަރު ވެފައިވާތީ، މަޖިލީހުގެ އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ދިރާސާކުރި އާންމު ކޮމިޓީގެ މެމްބަރުން ވަނީ މުސާރަ ބޮޑުކުރުމުގެ ހުށަހެޅުމެއް ދޭން މަޖިލީހުގެ އިދާރާގައި އެދިފައެވެ. އަދި މިކަމާއި ގުޅިގެން މަޖިލީހުގެ އިދާރާއިން ނިންމާފައިވަނީ މުވައްޒަފުންގެ މުސާރަ ސީދާ ބޮޑުކުރުމުގެ ބަދަލުގައި އެލަވަންސްތައް ބޮޑުކުރުމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފުންނަށް އެލަވަންސް ދިނުމުގެ އުސޫލަށް ގެންނަ ބަދަލާއެކު، އެލަވަންސްތައް ބޮޑުކުރަން ހިމަނާފައިވާ 5.9 މިލިއަން ރުފިޔާއާއެކު، ޖުމްލަ 196.2 މިލިއަން ރުފިޔާގެ ބަޖެޓެއް އާންމު ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ. އޭގެ ތެރޭގައި ނިއު ޕޮލިސީ އިނިޝިއޭޓިވްސްގެ ގޮތުގައި ޚަރަދުކުރުމަށް 4.2 މިލިއަން ރުފިޔާ ހިމެނެއެވެ.

 

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ