ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓަށް 33 އަހަރު ފުރުން: ވާދެމުގެ ޗެންޕިއަންކަން ސްޓޭކް ހޯލްޑަރުން ހޯދައިފި

ހަނިމާދޫ ފަހުގެ

ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓަށް 33 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ވާދެމުމުގެ މުބާރާތުގެ ފަހުރުވެރި އެއް ވަނަ ސްޓޭކް ހޯލްޑަރުންގެ ޓީމް ހޯދައިފިއެވެ.

އެޓީމުން އެއް ވަނަ ހޯދީ ގުރޫޕް ސްޓޭޖްގައި އެޓީމު ބަލިކުރި އޮޕަރޭޝަން ޓީމާ ވާދަކޮށް ސީދާ ދެ ދެމުމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

އޮޕަރޭޝަން ޓީމް ފައިނަލަށް ދިޔައީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ.

މި މުބާރާތުގެ ތިން ވަނަ ހޯދާފައި ވަނީ މެއިންޓަނަންސް ޓީމެވެ. އެއީ ފަޔަރު ޓީމާ ވާދަކޮށް ގަދަ ހިފުމަށް ގޮސް އެ ދެމުން ކާމިޔާބުކޮށްގެންނެވެ.

28 އޮކްޓޫބަރ 1990 ވަނަ އަހަރު ހުޅުވިގެންދިޔަ ހަނިމާދޫ އެއަރޕޯޓަކީ ދެވަނައަށް ހުޅުވުނު އެތެރޭ އުދުހުމުގެ ބަނދަރެވެ. މި އެއަރޕޯޓް 2013 ވަނަ އަހަރު އިންޓަނޭޝަނަލް އެއަރޕޯޓަކަށް ބަދަލު ކުރެވުނެވެ. އެއަށް ފަހު ގައުމުން ބޭރަށް ދަތުރުތައް ޝެޑިއުލްކޮށް އިންޑިއާގެ ޓްރިވެންޑްރަމްއަށް ދަތުރު ފެށިއެވެ. މި އެއަރޕޯޓްގައޮ އޮންނަނީ 1،220 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއެކެވެ.

ނަމަވެސް 18 ޖެނުވަރީ 2023 ގައި ވަނީ އެއަރޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ފަށާފައެވެ. މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2460 މީޓަރުގެ އާ ރަންވޭއަކާއި، 111،000 އަކަފޫޓުގެ ޒަމާނީ ޓާމިނަލެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި 624،000 އަކަފޫޓުގެ އޭޕްރަން އަކާއި ބައިނަލްއަގުވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ވެސް ގާއިމުކުރުމަށް ވަނީ ނިންމާފަ އެވެ. މި މަސަކަތް ކުރަނީ އިންޑިއާގެ ޖޭއެމްސީންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ