ދޯންޏަކާއި ލޯންޗެއް ޖެހި، އަނިޔާވި މީހަކު ނިޔާވެއްޖެ

ޚަބަރު ޢާޖިލް ފަހުގެ

ހއ. އަތޮޅުގައި ދަތުރުކުރަމުން ދިޔަ ލޯންޗަކާއި ދޯންޏެއް ޖެހި، އަނިޔާވި މީހަކު ނިޔާވެއްޖެއެވެ.

ހއ. އިހަވަންދޫ ކައުންސިލުން ބުނީ، ނިޔާވެފައި ވަނީ އެ ދެ އުޅަނދުގެ ތެރެއިން ދޯނި ދުއްވަން އިން، އެ ރަށު، އަބްދުއްރަޝީދު މުޙައްމަދު، 68، ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އިހަވަންދޫ ކައިރީ އޮންނަ ހުވަހަންދޫ ކައިރީގައި ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް މިރޭ ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާވެގެން އިހަވަންދޫ ހެލްތު ސެންޓަރުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި އެތަނުން އެކެއްގެ ހާލު ސީރިއަސް ކަމަށް ހެލްތު ސެންޓަރާ ހަވާލާދީ ފުލުހުން މައުލޫމާތުދެއެވެ.

ތަފްސީލް އަންނަނީ…

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ