ތިލަދެކުނު ވޮލީބޯޅަ މުބާރާތުގެ ފުރަތަމަ ދެ މެޗުގައިވެސް ވާދަކުރާނީ ޓީމް ހަނިމާދޫ!

ހަނިމާދޫ ފަހުގެ

ތިލަދެކުނު ވޮލީބޯޅަ މުބާރާތުގެ ގުރުއަތުލުމުގެ ރަސްމިއްޔާތު މިއަދު ވައިކަރަދޫގައި ކުރިއަށް ގެންގޮސްފައިވާއިރު، ފުރަތަމަ ދެމެޗުގައިވެސް ބައްދަލު ކުރާނީ ޓީމް ހަނިމާދޫއެވެ.

މުބާރަތުގެ ފުރަތަމަ މެޗު ވައިކަރަދޫ ވޮލީ ކޯޓުގައި ނޮވެމްބަރު މަހުގެ 03 ވަނަ ދުވަހުގެ ހަވީރު ކުޅޭއިރު ބައްދަލު ކުރާނީ ޓީމް ހަނިމާދޫގެ އަންހެން ޓީމާއި ނޭކުރެންދޫ ވިމެންސް ވޮލީ ޓީމެވެ. ދެވަނަ މެޗުގައި އެރޭ ކުޅޭނީ ޓީމް ހަނިމާދޫގެ ފިރިހެން ޓީމާއި ވައިކަރަދޫއެވެ.

އިޝްތިހާރު
އިޝްތިހާރު

މި މުބާރާތް ކުރިއަށް ދާނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް ނިމޭއިރު އެއް ވަނައަށްދާ ޓީމް ސީދާ ފައިނަލަށް ދާގޮތަށެވެ. ފައިނަލުގެ ދެވަނަ ޖާގަ ކަށަވަރުކުރަން 2 ވަނަ އަދި 3 ވަނައަށް ދާ ޓީމުން ސެމީއެއް ކުޅެން ޖެހޭ ގޮތަށެވެ.

މިއަހަރުގެ މުބާރާތުގައި ފިރިހެން 4 ޓީމު އަދި އަންހެން 5 ޓީމު ބައިވެރިވެފައިވެއެވެ. ފިރިހެން ޓީމުތަކަކީ ، ޓީމް ހަނިމާދޫ، ވައިކަރަދޫ ވިޔެސް ވޮލީ ޓީމް،ކުޅުދުއްފުށި ކުލަބް ކޮރަލްސްގެ އިތުރުން ޓީމް ނައިވާދޫއެވެ.

އަންހެން ޓީމް ތަކަކީ ނޮޅިވަރަންފަރު ލައިކަން، ޓީމު ހަނިމާދޫ، ނޭކުރެންދޫ ވިމެންސް ވޮލީ ޓީމް އަދި ވައިކަރަދޫ ޓީމް ވިޔެސް އާއި ކުޅުދުއްފުށި ހިރަފުސް ސްޕޯޓްސް ކުލަބެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ