ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާ ޖަލްސާގައި ލީޑާޝިޕްގެ ބޭފުޅުންނެއް ނެތް

ސިޔާސީ ފަހުގެ

ޕީޕީއެމް/ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވާ ޖަގަހަ ޖަލްސާގައި ވެސް ތިއްބެވީ ކޯލިޝަންގެ ލީޑާޝިޕްގެ މަދު ބޭފުޅުންތަކެކެވެ.

ރޭ ވެސް ޕީޕީއެމް އޮފީހަށް ވަޑައިގެން ޔާމީން ސަޕޯޓަރުންނާ ބައްދަލު ކުރެއްވި އެވެ. ރޭގެ ބައްދަލުވުމުގައި ލީޑާޝިޕްގެ ބޭފުޅުންގެ ތެރެއިން ތިއްބެވީ ޔާމީނުގެ އިސް ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލާއި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު އެކަންޏެވެ.

އިޝްތިހާރު
އިޝްތިހާރު

މިރޭގެ ޖަލްސާގައި ޖަމީލުގެ އިތުރުން ދެން ތިއްބެވީ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލާއި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އެކަންޏެވެ.

މީގެ ކުރިން އެ ދެ ޕާޓީގެ ތެރޭގައި ކަން ހިނގާ ގޮތެއް ނޫނެވެ. މީގެ ކުރިން ޕީޕީއެމް/ޕީއެންސީ ގެ ބައްދަލުވުމަކަށް، ވަކިން ހާއްސަކޮށް ރައީސް ޔާމީންގެ ބައްދަލުވުމަކަށް ގޮވާލެވިއްޖެ ނަމަ އެންމެ ކުރީ ސަފުގައި އެ ދެ ޕާޓީގެ އިސްވެރިން ތިއްބަވަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ