އިގުރާރާ ހިލާފުވާތީ ކަރެކްޝަންގެ އިންޒާރެއް ޔާމީނަށް

ޚަބަރު ފަހުގެ

ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޖަލު ހުކުމަށް ލުއިތަކެއް ދިނުމަށް އެކުލަވާލާފައިވާ އިގުރާރާ ހިލާފްވާތީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އެމަނިކުފާނަށް އިންޒާރު ދީފި އެވެ.

ޑރ. މުޙައްމަދު މުއިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ފަހު އެ މަނިކުފާނު އެދިވަޑައިގަތުމުގެ މަތިން ގޭބަންދަށް ބަދަލު ކުރި ރައީސް ޔާމީނަށް ކަސްރަތު ކުރުންފަދަ ހާއްސަ ކަންކަމަށް ގެއިން ބޭރަށް ނުކުތުމުގެ ހުއްދަ ކަރެކްޝަންސްއިން ދެއްވީ މިދިޔަ ހުކުރު ދުވަހުއެވެ.

އިޝްތިހާރު
އިޝްތިހާރު

އެކަމަކު، އެ ހުއްދައިގެ ދަށުން ޔާމީން ގެންދަވަނީ ސިޔާސީ ހަރަކާތްތައް ހިންގަވަމުންނެވެ. އެ މަނިކުފާނު ވަނީ މި ފަހުން ޖަގަހަ ޖަލްސާއެއް ވެސް ބާއްވައިފައެވެ.

ރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން ހުކުމް ތަންފީޒު ކުރަމުން އަންނަ ގައިދީންނަށް ސިޔާސީ ކަންކަމުގައި ބައިވެެރިއެއް ނުވެވޭނެއެވެ. އެހެންކަމުން ޔާމީން ގާނޫނަށް ތަބާނުވާ ކަމަށް ބުނެ އަންނަނީ ފާޑުކިޔަމުންނެވެ.

ޔާމީން ރަސްމީކޮށް ސިޔާސީ މަސައްކަތްތައް ކުރައްވަމުން ގެންދަވާއިރު އެ މަނިކުފާނު އަރިހުގައި ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުން އުޅުއްވާތަނެއް ނުފެނެއެވެ. ލީޑާޝިޕުގެ ބޭފުޅުން އުޅުއްވަނީ އިންތިޚާބީ ރައީސް ޑރ. މުއިއްޒާ އެކުއެވެ.

 

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ