ކުޅުދުއްފުށިން ޒުވާނަކު ގެއްލިގެން ހޯދަނީ

ޚަބަރު ފަހުގެ

ކުޅުދުއްފުށި ސިޓީން ޒުވާނަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

އެ އިދާރާއިން މައުލޫމާތު ދިން ގޮތުގައި ގެއްލިގެން ހޯދާ ޒުވާނަކީ އެ ސިޓީ ލަންދޫގޭ ޢަބްދުﷲ އިބްރާހީމެވެ. ބުރާސްފަތިދުވަހުން ފެށިގެން އޭނާއަށް ވީނުވީއެއް ނޭނގި ގެއްލިފައިވާކަމަށާއި އާއިލާއަށް އޭނާގެ ޚަބަރެއް ނުވާކަމަށް ފުލުހުންގެ އިދާރާއިން ބުނެފައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ގެއިން ނިކުމެގެން ދިޔަ ފަހުން ޢަބްދުﷲގެ ޚަބަރެއް އާއިލާއަށްނުވާކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފައިވެއެވެ.

ޢަބްދުﷲއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ 9904977 ނުވަތަ ކުޅުދުއްފުށީ ފުލުހުންގެ މަރުކަޒުގެ ނަންބަރު 9791382 އަށް ގުޅައި އެ މައުލޫމާތެއް ހިއްސާކުރުމަށް އެދިފައިވެއެވެ

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ