ޑރ. މުއިއްޒުގެ ޔޫއޭއީ ދަތުރުފުޅުން އެއާޕޯޓް މަޝްރޫޢަށް 1.2 ބިލިޔަން ރުފިޔާ

ޚަބަރު ފަހުގެ

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ މަޝްރޫއުގެ މަސައްކަތް ނިންމުމަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާކަމަށް އިންތިހާބީ އޮފީހުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް މިއަދު ވިދާޅުވެއްޖެއެވެ.

އިންތިޚާބީ ރައީސް ޑރ. މުއިއްޒު ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅާއި ގުޅޭގޮތުން ފިރުޒުލް ވިދާޅުވީ މިދަތުރުފުޅަކީ އެމަނިކުފާނުގެ ނުރަސްމީ ދަތުރުފުޅަކަށް ވީނަމަވެސް، އެމަނިކުފާނުގެ ދަތުރުފުޅުގެ އެންމެހާ ކަންކަން ޔޫއޭއީ ސަރުކާރުން ހަމަޖައްސަވާ ދެއްވާފައިވާކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އަދި އެމަނިކުފާނުގެ މިދަތުރުފުޅުގައި ޔޫއޭއީގެ ސަރުކާރާއިއެކު ބައްދަލުވުމެއް ބޭއްވި ކަމަށާއި، މިބައްދަލުވުމުގައި އެއާޕޯޓް މަޝްރޫޢު ނިންމުމަށް ބޭނުންވާ ފަންޑު ހަމަޖައްސަވައި ދެއްވުމަށް އެދިވަޑައިގެންނެވިކަމަށެވެ. އަދި މިފައިސާ އަބޫދާބީ ފަންޑުން ހަމަޖައްސަވާ ދެއްވާފައިވާކަމަށް ފިރުޒުލް ވިދާޅުވިއެވެ.

ފިރުޒުލް ވިދާޅުވީ މިމަސައްކަތުގައި ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން އަދި ޑިޒައިންތަކަށް ގެނައި ބަދަލުގެ ސަބަބުން މަސައްކަތުގެ އަގު ވަނީ ވަރަށް ބޮޑަށް އިތުރު ވެފައިކަމަށެވެ. އެގޮތުން މިމަސައްކަތަށް 79.80 މިލިޔަން ޑޮލަރު އިތުރަށް ބޭނުންވާކަމަށެވެ. މިފައިސާ 80 މިލިޔަން ރުފިޔާ، (1.2 ބިލިޔަން ރުފިޔާ) ހަމަޖައްސަވާ ދެއްވާނެ ކަމުގެ ޔަގީންކަން ޑރ. މުއިއްޒަށް ދެއްވާފައިވާކަމަށް ފިރުޒުލް ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ