އިންޑިއާ ސިފައިން ބޭރުކުރުން އެއީ މަގުމަތިން ހާސިލްކުރެވޭނެކަމެއް ނޫން: މުއިއްޒު

ޚަބަރު ފަހުގެ

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަކީ މަގުމަތިން ކުރެވޭނެ ކަމެއް ނޫން ކަމަށާއި ބޭނުންފުޅުވަނީ އިންޑިއާއާ ގާތުން ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރަންކަމަށް އިންތިހާބީ ރައީސް ޑރ.މުއިއްޒު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއިން މިއަދު ގެނެސްދިން ‘ދިވެހީންގެ ރާއްޖެ’ ޕްރޮގްރާމުގައި މުއިއްޒު ވިދާޅުވީ ، އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތްތައް ކުރާނީ މަޝްވަރާގެ ރިވެތި އުސޫލުން ކަމަށެވެ. އަދި އެކަމަށް މާ ގިނަ ދުވަސްތަކެއް ނުވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ރައްޔިތުން ބޭނުންވާކަން މި އަހަރުގެ ރިޔާސީ އިންތިހާބުން ދައްކައިދީފި ކަމަށް އެމަނިކުފާނު މިއަދު ވެސް ތަކުރާރުކުރެއްްވިއެވެ. އަދި އިންތިގާލީ މަރުހަލާގައިވެސް އިންޑިއާ ސަފީރަށް ބައްދަލުކޮށް އެ ވާހަތައް ދެކެވިފައިވާ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން ރާއްޖޭގެ ސިޔާދަތީ މިނިވަންކަން ކަށަވަރުކުރުމަށް ބުރަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށާއި އިންތިހާބީ ރައީސްގެ ހައިސިއްޔަތުން ފާއިތުވި ދުވަސްތަކުގައި ކުރެއްވި މަސައްކަތްޕުޅުން އެކަން ކުރެވޭނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން އެބައޮތް ކަމަށް ވެސް މުއިއްޒު ވިދާޅުވއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދާއި އެއްބަސްވުންތަކުގެ ތަފުސީލަކީ އެންމެ އިސްކަމެއް ދީގެން ހާމަކުރާނެ މައުލޫމާތުތައް ކަމުގައި ޑރ. މުއިއްޒު ކެމްޕޭނުތެރެގައި ގެންދެވީ ވިދާޅުވަމުންނެވެ.

އިންތިހާބަށްފަހު ބައިނަލްއަގުވާމީ މީީޑިއާތަކަށް ދެއްވި އިންޓަވިއުތަކުގައި މުއިއްޒު ވަނީ އިންޑިއާއާއެކު ގުޅުން ބާއްވާނެ ކަމަށާއި، ޗައިނާ އަދި އިންޑިއާގެ ‘ކޯޅުމުގެ’ ތެރޭގައި ރާއްޖެ ތާށިވުމުގެ ފުރުސަތު ނުދީ ގެންގުޅުއްވާނީ ހަމަހަމަ ސިޔާސަތުތަކެއް ކަމަށް ވިދާޅުވެފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

  1. މަނިކުފާނަށް އިންޑިޔާ ސިފައިންގެ މައްސަލަ މަގުމަތިން ހައްލުނުވާނެކަން އެނގުނަސް އެއުޅުއްވާ ޔާމީނަކަށް ނޭގެއެވެ.