މުއިއްޒު ހުވާކުރެއްވުމަށް ވެސް ސާޖިދާއަށް ވަޒީފާގައި ހުރެވޭނެ: ސީއެސްސީ

ޚަބަރު ފަހުގެ

އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމުން ވެސް އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިހާރު ހުންނެވި ސިވިލް ސާވިސްގެ މަގާމުގައި ދެމި ހުރުމަށް ހުރަހެއް ނެތް ކަމަށް، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބުނެފިއެވެ.

ސާޖިދާ މިހާރު އަދާކުރައްވަމުން ގެންދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ސީނިއާ ސައިންޓިފިކް އޮފިސަރުގެ މަގާމުގައި ހުންނެވުމުގެ ހުއްދައަށް ކޮމިޝަންގައި އެދިވަޑައިގަތުމުން ސީއެސްސީ އިން ބުނީ ފަސްޓް ލޭޑީ އަކީ ރަސްމީ މަގާމަކަށް ނުވާތީ މިހާރު ވެސް ސާޖިދާ އަދާކުރައްވަމުން އަންނަ މަގާމުގައި ދެމިހުންނެވުމަށް އެއްވެސް ހުރަހެއް ނެތް ކަމުގައެވެ.

އިޝްތިހާރު
އިޝްތިހާރު

ރާއްޖޭގެ ރައީސްކަން ކުރައްވާފައިވާ އެއްވެސް ބޭފުޅެއްގެ އަނބިކަނބަލުންނެއް ވަޒީފާއެއް އަދާކުރައްވާފައިނުވާއިރު ސާޖިދާ ވެގެންދާނީ ސިވިލް ސާވިސްގެ މަގާމެއް އަދާކުރައްވާ ފުރަތަމަ ފަސްޓް ލޭޑީއަށެވެ.

ރައީސްގެ މުސާރައަކީ މަހަކަ 100،000 ރުފިޔާ ކަމަށްވާއިރު ރައީސް އާއި ނައިބު ރައީސްގެ މުސާރަ އާއި އިނާޔަތް ކަނޑައެޅުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ރައީސްގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް ދައުލަތުން އެލަވަންސެއް ދޭންޖެހެއެވެ. އެ އެލަވަންސްގެ މިންވަރަކީ ރައީސް މުސާރައިގެ ތިންބައިކުޅަ އެއްބައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ