އަދީބު އަދި ޒިޔަތަށް ރައީސް ސޯލިހް މާފު ދެއްވައިފި

ޚަބަރު ފަހުގެ

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި ހިމެނޭ ކުރީގެ ނައިބު ރައީސް، އަހުމަދު އަދީބު އާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ، އަބްދުﷲ ޒިޔަތު މިނިވަން ކޮށްފިއެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި ދިގު މުއްދަތަކަށް ހުކުމް ކޮށްފައިވާ އަދީބު އާއި ޒިޔަތު މިނިވަންވެފައިވަނީ އަދަބު ލުއިކޮށްދިނުމާއި މައާފުދިނުމުގެ ޤާނޫނުގެ ދަށުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަންނަވާ ބާރުގެ ތެރެއިން މައާފުދެއްވައި ގުޅިގެންނެވެ.

އިޝްތިހާރު
އިޝްތިހާރު

އަދީބު އާއި ޒިޔަތުގެ އަދަބު ރައީސް ލުއިކޮށްދެއްވުމުން ދެބޭފުޅުން ވެސް މިނިވަން ވެފައިވާކަން ކަރެކްޝަންސް ސާވިސްގެ މީޑިއާ އޮފިޝަލް ވަނީ މިޑިޔާއަށް ކަށަވަރު ކޮށްދެއްވާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ