އެމްޑީޕީގެ ޕީޖީ ލީޑަރުގެ މަގާމުން އަސްލަމް އިސްތިއުފާ ދެއްވައިފި

ފަހުގެ ސިޔާސީ

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރުގެ މަގާމުން ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އިސްތިއުފާ ދެއްވައިފި އެވެ.

އަސްލަމް އެ މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ މަޖިލީހުގެ ރައީސް ކަމަށް އެމަނިކުފާނު ރޭ އިންތިހާބު ކުރުމާ ގުޅިގެންނެވެ.

އިޝްތިހާރު
އިޝްތިހާރު

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު ކަމަށް ޝައުގުވެރިކަން ހުންނެވި ގޮތަކަށް ވާހަަކަދެއްކެވުމާ ގުޅިގެން އަސްލަމް ވިދާޅުވީ ރޭގެ ވަގުތެއްގައި އެމަނިކުފާނު އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު ކަމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގައި މިވަގުތު 54 މެންބަރުން ހިމެނޭއިރު އެ ޕާޓީއަކީ މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެވެ.

އަސްލަމަކީ މަޖިލީހުގައި އެންމެ ގިނަ ދުވަސްވީ މެންބަރުންގެ ތެރޭގައި ހިމެނޭ އެ ޕާޓީގެ އެންމެ އިސް ސިޔާސީ އެއް ލީޑަރެވެ.

އަސްލަމް އެންމެ ފުރަތަމަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވީ 2005 ވަނަ އަހަރު އައްޑު އަތޮޅުގެ މެންބަރެއްގެ ގޮތުގައެވެ. މިއީ އަސްލަމް މަޖިލިސް މެންބަރެއްގެ ގޮތުގައި ހުންނަވާ ހަތަރުވަނަ ދައުރެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ