ކީ ސްޓޭޖް 2 އިންޓަރ ހައުސް ހޭންޑް ބޯޅަ މުބާރާތުގެ ފައިނަލަށް ޣާޒީ އަދި ދޮށިމޭނާ ހައުސް ދަތުރު ކޮށްފި

ހަނިމާދޫ ކުޅިވަރު ފަހުގެ

ހަނިމާދޫ ސްކޫލް އިންޓަރ ހައުސް ހޭންޑް ބޯޅަ މުބާރާތުގެ ފައިނަލަށް ޣާޒީ ހައުސް އަދި ދޮށިމޭނާ ހައުސް ދަތުރު ކޮށްފިއެވެ.

މިދިޔަ ބުދަ ދުވަހު ފެށުނު މި މުބާރާތުގެ ފައިނަލަށް ޣާޒީ ހައުސް ދަތުރު ކުރީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް 9 ޕޮއިންޓާއި އެކުއެވެ. އެގޮތުން ބުދަ ދުވަހުގެ ހަވީރު އެ ޓީމު ހުރަވީ ހައުސް އާއި ވާދަކޮށް މެޗް ކާމިޔާބު ކުރީ 5-1 ގެ ނަތީޖާ އަކުންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޣާޒީ ހައުސްގެ ފާޠިމަތު ނީޝާ ބިންތު ނަޖާހު އެވެ.

އިޝްތިހާރު
އިޝްތިހާރު

ޣާޒީ ހައުސް ކުޅުނު ދެވަނަ މެޗުގައި ބުރާސްފަތި ދުވަހު ދޮށިމޭނާ ހައުސްއާއި ބައްދަލުކޮށް މެޗު ކާމިޔާބުކުރީ ވެސް 5-1 ލަނޑުގެ ނަތީޖާ އަކުންނެވެ. މި މެޗުގެ މޮޅު ކުޅުން ތެރިއަކަށް ހޮވުނީ ޣާޒީ ހައުސްގެ އައިޝަތު ރާޔާ ބިންތު ހުސައިންނެވެ.

ފަހު މެޗުގައި ޣާޒީ ހައުސް ވާދަ ކުރީ ފާށަނާ ހައުސް އާއި އެވެ. ފޯރި ގަދަ ކުޅުމަކަށްފަހު 3-2 ލަނޑުން މި މެޗު ކާމިޔާބު ކުރީ ޣާޒީ ހައުސް އެވެ. މި މެޗުގެ މޮޅު ކުޅުން ތެރިއަކަށް ހޮވުނީ ޣާޒީ ހައުސްގެ އައިޝަތު ރާޔާ ބިންތު ހުސައިންނެވެ.

ދޮށިމޭނާ ހައުސް މި މުބާރާތުގެ ފައިނަލަށް ދަތުރު ކުރީ ކުޅުނު 3 މެޗުގެ ތެރެއިން 2 މެޗު ކާމިޔާބުކޮށް 6 ޕޮއިންޓާއި އެކުއެވެ.

ދޮށިމޭނާ ހައުސް ފުރަތަމަ މެޗުގައި ބުދަ ދުވަހު ހަވީރު ފާށަނާ ހައުސް އާއި ބައްދަލްކޮށް މެޗް ކާމިޔާބުކުރީ 3-1 ލަނޑުގެ ނަތީޖާ އަކުންނެވެ. މި މެޗުގެ މޮޅު ކުޅުން ތެރިއަކަށް ހޮވުނީ ދޮށިމޭނާ ހައުސްގެ ފާޠިމަތު ހީރާ އެވެ.

ދޮށިމޭނާ ހައުސްގެ ދެވަނަ މެޗުގައި ޣާޒީ ހައުސް އާއި ވާދަކޮށް ބަލިވި ކަމުގައި ވީ ނަމަވެސް، އެ ޓީމު ފައިނަލަށް ދަތުރު ކުރީ ފަހު މެޗުގައި ހުރަވީ ހައުސް 6-0 ލަނޑުން ބަލިކުރުމަށް ފަހުއެވެ. މި މެޗުގެ މޮޅު ކުޅުން ތެރިއަކަށް ހޮވުނީ ދޮށިމޭނާ ހައުސްގެ ފާޠިމަތު ހީރާއެވެ.

މި މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހު ހަވީރު 4:00 ގައި ހަނިމާދޫ ފުޓްބޯޅަ ދަނޑުގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ